ދަރުސް ޚަބަރު ޝައިޚް އާދަމް ޝަމީމްގެ ޚާއްޞަ ދަރުސެއް މިރޭ ގދ. ފަރެސްމާތޮޑާގައި

ޝައިޚް އާދަމް ޝަމީމްގެ ޚާއްޞަ ދަރުސެއް މިރޭ ގދ. ފަރެސްމާތޮޑާގައި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޒުވާނުންނަށް ޚާއްޞަކޮށްގެން ޖަމްޢިއްޔަތުއްސަލަފުން 2010 ވަނަ އަހަރު ވ.ތިނަދޫގައި ބޭއްވި "ހިޖްރ ކޭމްޕް" ގެ ބައިވެރިންނާއި ޝައިޚް އާދަމް ޝަމީމް ވާހަކަފުޅު ދައްކަވަނީ... / ލިޔުނީ : ޙަސަން ޝިޔާޒް

ޝައިޚް އާދަމް ޝަމީމްގެ ޚާއްޞަ ދަރުސެއް ގދ. ފަރެސްމާތޮޑާގައި މިރޭ ބޭއްވުމަށް ހަމަޖައްސައިފިއެވެ.

ދިއިސްލާމަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިދަރުސް އޮންނާނީ މިރޭ 20:30 ގައި ފަރެސްމާތޮޑާ ޖަލްސާކުރާ ހޯލްގައެވެ. މިދަރުސް އަށް ފަހު ސުވާލާއި ޖަވާބު ސެޝަނެއް ވެސް އޮންނާނެ ކަމަށް މަޢުލޫމާތު ލިބެއެވެ. މިދަރުސް އިންތިޒާމް ކުރަނީ އެރަށުގެ ޒުވާނުންކޮޅެއް އިސްނަގައިގެންނެވެ.

އެ އަތޮޅު ފިޔޯރީގައި ވެސް މިއަދު ހަވީރު 16:00 ގައި ޝައިޚް ޝަމީމްގެ ދަރުސެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ތިނަދޫގެ ޒުވާނުންކޮޅެއް އިންތިޒާމްކޮށްގެން ރޭ ތިނަދޫ އާބާދީ މަރުކަޒްގައި ވެސް ވަނީ ޝައިޚް ޝަމީމްގެ ދަރުސެއް ސުވާލާއި ޖަވާބު ސެޝަނަކާއެކު ބާއްވާފައެވެ. އަދި މިދިޔަ ހޮނިހިރު ދުވަހުގެ ރޭ މަޣްރިބް ނަމާދަށްފަހު ތިނަދޫ މަސްޖިދުއްތަޤްވާގައި ވެސް ވަނީ ޝައިޚް ޝަމީމްގެ ދަރުސެއް ބާއްވާފައެވެ.

ޝައިޚް ޝަމީމް ގދ. އަތޮޅަށް ދުރުވީ މިމަހު 28 ވަނަ ދުވަހު އެވެ. އަދި އެނބުރި މާލެ ދުރުވުމަށް ހަމަޖެހިފައިވަނީ ޖޫން 1 ގައި ކަމަށް މަޢުލޫމާތު ލިބެއެވެ.

ޓެގް

ދަރުސް، ޝައިޚް އާދަމް ޝަމީމް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.