ރާއްޖޭގެ ޚަބަރު ޑރ ޒާކިރް ނައިކް ރާއްޖެ ވަޑައިގަންނަވަނީ

ޑރ ޒާކިރް ނައިކް ރާއްޖެ ވަޑައިގަންނަވަނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: އަލީ އަހްސަން

ޑރ ޒާކިރް ނައިކް ރާއްޖެ ވަޑައިގަތުމަށްހަމަޖެހިފައިވާކަމަށް އިސްލާމިކް އެފެއާރޒުން ހާމަކުރައްވައިފިއެވެ.

އިންޑިއާގެ މަޝްހޫރު ދާޢީ އަދި ދިވެހިންގެ މަޤްބޫލުކަން ޒަމާނުންފެށިގެން ލިބިފައިވާ ޝެއިހް ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އިސްލާމިކް މިނިސްޓްރީގެ ދައުވަތަކަށެވެ. ޑރ ޒާކިރްގެ ޒިޔާރަތުގައި އެމަނިކުފާނުގެ އާއިލާވެސް ވަޑައިގަންނަވާނެކަމަށްވެއެވެ.

'ޑރ ޒާކިރު ނައިކް ރާއްޖެވަޑައިގަތުމަށް އެމިނިސްޓްރީ އިން ދެއްވާފައިވާ ދައުވަތު ޤަބޫލުފުޅުކުރައްވައި މިމަހު 28 އާއި 30 އާއި ދެމެދު ރާއްޖެވަޑައިގެން ދެއްވާނެކަމުގެ ޔަޤީންކަން ދެއްވައިފި' ކަމުގައި އިސްލާމިކް އެފެއާރޒްގެ ނައިބު އައްޝައިޚު މުހައްމަދު ފާރޫޤް އާއި ހަވާލާދީ މިއަދު ނޫހުގައި ޝާއިއުކޮށްފައިވެއެވެ. އެނޫހުގައި އިތުރަށް ހާމަކޮށްފައިވާގޮތުގައި، "އަނބިކަނބަލުން އަންހެނުންނަށް ޚާއްޞަ ތަޤްރީރެއް ދެއްވާނެ. އަދި ދަރިކަލުންވެސް ތަޤްރީރު ކުރައްވާނެ." ކަމުގައެވެ.

ޕީސްޓީވީ އިން ގިނަ ބަޔަކަށް ޑރ ޒާކިރު ނައިކް ދަރުސްތައް ފޯރުކޮށްދެމުން ގެންދަވާ ޝެއިހްގެ ދަރުސް ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު ދަރުސްގެ ފަހުން އާންމުގެ ސުވާލުތައް ޖަވާބު ދިނުމަށް ހަމަޖެހިފައިވާކަމަށް މައުޟޫމާތު ލިބެއެވެ. ޑރ ޒާކިރު ނައިކްގެ ޒިޔާރަތާއި ބެހޭގޮތުން ދިއިސްލާމްއިން އެންމެ ފަހުގެ ޚަބަރުތައް ގެނެސްދިނުމުގެ މަސައްކަތް ކުރަމުން ގެންދާނަމުއެވެ. އިންޝާﷲ

'ދީދާތު ޕްލަސް'ގެ ނަމުގައި މަޝްހޫރު ދާޢީ ވިދާޅުވެފައިވާ ޑރ ޒާކިރު ނައިކްގެ ދަރުސްއެއް ރާއްޖޭގައި ބޭއްވުމަކީ ގިނަ އަދަދެއްގެ ބަޔަކު ކުރަމުން އަންނަ އުންމީދެކެވެ. ފޭސްބުކްގައި 'ޑރ ޒާކިރުނައިކް ރާއްޖެ ވަޑައިގަތުމަށް އެދި' ހުޅުވާފައިވާ ފޭސްބުކް ގުރޫޕްގައި ބޭފުޅުން ކޮށްފައިވާ ކޮމެންޓްތަކުން ޑރ ޒާކިރު ނައިކްއަށް ރާއްޖޭން 'ހޫނު މަރުހަބާ'އެއް ކިޔަން ބޭނުންވާކަން އެނގޭނެއެވެ.

ޓެގް

ދަރުސް ވީޑިއޯ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.