"ނޫނު ރިޙްލާ" ގެ ނަމުގައި ޖަމްޢިއްޔަތުއްސަލަފުން ނ.އަތޮޅުގެ ރަށްތަކުގައި މެއި 12 ން 14 ށް ކުރިއަށް ގެންދާ ޕްރޮގްރާމްތަކުގެ ތެރެއިން މިރޭ ނ.ޅޮހީގައި ޝައިޚް މުޙައްމަދު އިބްރާހީމް ދެއްވާ ދަރުސް ރޭޑިއޯ އެޓޯލް އިން ވަގުތުން ދުރަށް ފޮނުވަން ހަމަޖެހިފައިވާ ކަމަށް އެޖަމްޢިއްޔާގެ ރައީސް ޝައިޚް ޢަބްދުﷲ ބިން މުޙައްމަދު އިބްރާހީމް ވިދާޅުވެއްޖެއެވެ.
ދިއިސްލާމަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިދަރުސް ބޭއްވުމަށް ހަމަޖެހިފައިވަނީ އެރަށުގެ ސްކޫލް ހޯލްގައި މިރޭ 20:15 ގައެވެ.
ޅޮހީގައި ބޭއްވޭ ދަރުސްގެ އިތުރުން މިރޭ މަނަދޫގައި ޝައިޚް އާދަމް ޝަމީމް އަދި ލަންދޫގައި ޝައިޚް އަޙްމަދު ސަމީރު ދަރުސް ދެއްވުމަށް ހަމަޖެހިފައިވާ ކަމަށް މަޢުލޫމާތު ލިބެއެވެ.
މިރިޙްލާގައި ޝައިޚް އާދަމް ޝަމީމް އާއި، ޝައިޚް އަޙްމަދު ސަމީރު އާއި، ޝައިޚް ޢަބްދުﷲ ބިން މުޙައްމަދު އިބްރާހީމް އާއި، ޝައިޚް މުޙައްމަދު އިބްރާހީމް އަދި ޝައިޚް މުޙައްމަދު މޫސާ ނ.އަތޮޅުގެ ރަށްތަކުގައި ދަރުސް ދެއްވުމަށް ހަމަޖެހިފައިވެއެވެ. މީގެ އިތުރުން މިއިވެންޓްގައި ބައިވެރިވެލައްވާ ރާއއްޖޭގެ މަޝްހޫރު ކަށީގެ ޑޮކްޓަރ ޔޫސުފް ޝާން މިއަދު ވަނީ ނ.އަތޮޅު ހޮސްޕިޓަލްގައި ހިލޭ ބަލިމީހުން ބައްލަވަން ފައްޓަވާފައެވެ. އަދި މެއި 14 ގެ ނިޔަލަށް ޑރ. ޝާން ބަލިމީހުންނަށް ޚިދުމަތްދެއްވަން ހަމަޖެހިފައިވާކަމަށް މަޢުލޫމާތު ލިބެއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...