ދީނީ ތަކެތި ވިއްކުމަށްޓަކައި ހާއްޞަ ފިހާރައެއް އައްޑޫ ސިޓީގައި މިއަދު ހެނދުނު 10 ޖެހިއިރު ހުޅުވައިފިއެވެ.
އެ ސިޓީގެ ހިތަދޫގައި ހުޅުވިފައިވާ މިފިހާރައަކީ ރައްޔިތުންނަށް ފަސޭހަކަމާއެކު ދީނީ ތަކެތި ފޯރުކޮށްދިނުމުގެ މަޤްސަދުގައި ހުޅުވުނު ތަނެއް ކަމުގައި ފިހާރައިގެ ވެރިފަރާތުން ހާމަ ކުރެއްވިއެވެ. މިއީ އައްޑޫ ސިޓީގައި ދީނީ ތަކެތި ވިއްކުމަށްޓަކައި ހުޅުވިފައިވާ މަދު ފިހާރަތަކުގެ ތެރެއަށް އިތުރުވި ތަނެކެވެ.
އިރާކް ދަނޑި، ފިރިހެން ބޭފުޅުންގެ ކުރުތާ، އަންހެން ބޭފުޅުންގެ ހެދުން، ތާކިހާ، ރާއްޖޭގެ ފުންނާބުއުސް ދީނީ އިލްމުވެރިންގެ ދަރުސް ސީޑީތަކާއި، ދީނީ ފޮތްތައް އަދި މީރުވަސްދުވާ އަތަރުވެސް މިފިހާރައިން ލިބެން ހުންނާނެ ކަމަށް އެފާރާތުން ހާމާ ކުރައްވައެވެ. ފިހާރައިން ލިބެން ހުންނާނެ ފޮތްތަކުގެ ތެރޭގައި އިނގިރޭސި ފޮތްތަކާއި، ދިވެހި ފޮތްތަކާއި، ކުޑަކުދިންނަށް ހާއްސަ ފޮތްތައްވެސް ހިމެނެއެވެ.
"ޢަދާލް" ގެ ނަމުގައި ހުޅުވިފައިވާ މިފިހާރަ ހުނަނީ ހިދަތޫ މެދުވަލު އަވަށުގެ ނީލޯފަރުމަގުގައެވެ. މިފިހާރައިގެ ފޯން ނަންބަރަކީ9722545 އެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...