ރާއްޖޭގެ ޚަބަރު އިސްލާމިކް ފައުންޑޭޝަނުން ސްރީލަންކާގައި ދީނީ ދަރުސްތަކެއް ބާއްވަނީ

އިސްލާމިކް ފައުންޑޭޝަނުން ސްރީލަންކާގައި ދީނީ ދަރުސްތަކެއް ބާއްވަނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އިސްލާމިކް ފައުންޑޭޝަން އޮފް ދަ މޯލްޑިވްސް ގެ ފަރާތުން ސްރީލަންކާގެ ވެރިރަށް ކޮލަންބޯގައި ދީނީ ދަރުސްތަކެއް ބޭއްވުމަށް ނިންމައިފި އެވެ.

ދައުވާ އިސްލާމިއްޔާ އެޓް ކޮލަންބޯ 2011 މި ނަމުގައި ބާއްވާ މި އިވެންޓުގައި ދަރުސް ދެއްވުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިއެއް ކަމުގައިވާ އައްޝައިޚް އިބްރާހީމް ފަރީދު އަޙްމަދު އާއި އައްޝައިޚް އިއްޒައްދީން އަދުނާނު އެވެ. މި އިވެންޓް އިންތިޒާމްކުރުމަށް އިސްލާމިކް ފައުންޑޭޝަންގެ 8 މެންބަރުންގެ ވަފްދެއް ކޮލަންބޯއަށް 19 މޭ 2011 ގައި ފުރުމަށް ހަމަޖެހިފައިވެ އެވެ. މިވަފްދުގައި އިސްކޮށް ހުންނަވާނީ އިސްލާމިކް ފައުންޑޭޝަންގެ ރައީސް އިބްރާހީމް ފައުޒީ އެވެ.

އިސްލާމިކް ފައުންޑޭޝަނުން މައުލޫމާތު ދެއްވާގޮތުގައި ދީނީ ދަރުސްތައް ބޭއްވުމަށް ހަމަޖެހިފައިވަނީ 22 މޭ 2011 ގައި 16:30 ގަ އެވެ. ދަރުސް އިންތިޒާމްކުރެވިފައިވަނީ ޝަޚްރަން ބެންކުއެޓް ހޯލް، 56 ހޮސްޕިޓަލް ރޯޑް، ދެހިވަލަ ގައެވެ.

މިދަރުސް އަކީ ސްރީލަންކާގައި ދިރިއުޅުއްވާ ދިވެހިންނަށް އިންތިޒާމްކޮށްގެން ބޭއްވޭ ދަރުސްތަކެކެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.