ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ މަޤްޞަދުގައި، އިސްލާމިކް މިނިސްޓްރީ އިން އިންތިޒާމްކޮށްގެން ސިލްސިލާކޮށް ކުރިއަށް ގެންދާ ޕްރޮގްރާމްތަކުންގެ ދަށުން، ކޮންމެ ހުކުރު ދުވަހެއްގެ ރޭ އިޝާ ނަމާދަށްފަހު މާލެ ސިޓީގެ މިސްކިތްތަކުގައި ބާއްވަމުން ގެންދާ ދަރުސްތަކުގެ ތެރެއިން 6 މެއި ދުވަހުގެ ރޭ (މިރޭ) ބޭއްވުމަށް ހަމަޖެހިފައިވާ ދަރުސްތަކުގެ ތާވަލް އިސްލާމިކް މިނިސްޓްރީ އިން ޢާއްމުކޮށްފިއެވެ.
މިގޮތުން މިރޭގެ ދަރުސް ތާވަލް ހަމަޖެހިފައިވާ ގޮތް ތިރީގައި މިވަނީއެވެ.
1- މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޒަމް - އައްޝައިޚް އުޘްމާން ޢަބްދުﷲ
2- މަސްޖިދު މުޙައްމަދު ބިން ޢަބްދުﷲ - އަލްއުސްތާޛް ސަޢުދުﷲ އިބްރާހީމް
3- މަސްޖިދުއްސުލްޠާން ޙަސަން ޢިއްޒުއްދީން - އައްޝައިޚް މުޙައްމަދު ޠައްޔިބް
4- މަސްޖިދު ފުރްޤާން - އައްޝައިޚް އަޙްމަދު ނިޒާމް
5- މަސްޖިދު އިސްކަންދަރު - އައްޝައިޚް އަޒްމަތު ޖަމީލް
6- މަސްޖިދު އިޚްލާޞް (ވިލިމާލެ) - އައްޝައިޚް އިބްރާހީމް އަޙްމަދު
މިދަރުސްތަކަށް ވީހާވެސް ގިނަ ބަޔަކު ޙާޟިރުވުމަށް އިސްލާމިކް މިނިސްޓްރީ އިން އެދލިލައްވައެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...