ރާއްޖޭގެ ޚަބަރު "ނޫނު ރިޙްލާ" ގައި 5 ޝައިޚުންނާއި މަޝްހޫރު ކަށީގެ ޑޮކްޓަރ ޔޫސުފް ޝާން ބައިވެރިވެލައްވާނެ : ޖަމްޢިއްޔަތުއްސަލަފް

"ނޫނު ރިޙްލާ" ގައި 5 ޝައިޚުންނާއި މަޝްހޫރު ކަށީގެ ޑޮކްޓަރ ޔޫސުފް ޝާން ބައިވެރިވެލައްވާނެ : ޖަމްޢިއްޔަތުއްސަލަފް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ލިޔުނީ : ޙަސަން ޝިޔާޒް

"ނޫނު ރިޙްލާ" ގެ ނަމުގައި ޖަމްޢިއްޔަތުއްސަލަފުން ނ.އަތޮޅުގެ ރަށްތަކުގައި މެއި 12 ން 14 ށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ރިޙްލާގައި 5 ޝައިޚުންނާއި، ރާއްޖޭގެ މަޝްހޫރު ކަށީގެ ޑޮކްޓަރ ޔޫސުފް ޝާން ބައިވެރިވެލައްވާނެ ކަމަށް އެޖަމްޢިއްޔާއިން ހާމަކޮށްފިއެވެ.

ދިއިސްލާމަށް މަޢުލޫމާތު ދެއްވަމުން އެޖަމްޢިއްޔާގެ އިސް އޮފިޝަލަކު ވިދާޅުވީ މިރިޙްލާގައި ބައިވެރިވެލައްވާ 5 ޝައިޚުންނަކީ ޝައިޚް އާދަމް ޝަމީމް، ޝައިޚް އަޙްމަދު ސަމީރު، ޝައިޚް ޢަބްދުﷲ ބިން މުޙައްމަދު އިބްރާހީމް، ޝައިޚް މުޙައްމަދު އިބްރާހީމް އަދި ޝައިޚް މުޙައްމަދު މޫސާ ކަމަށެވެ. މީގެ އިތުރުން މިރިޙްލާގައި ޑރ. ޝާންގެ ހިލޭ ކޮންސަލްޓޭޝަން ނ.މަނަދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލްގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށް އޮފިޝަލް ވިދާޅުވިއެވެ.

އޮފިޝަލް ވިދާޅުވީ ޑރ. ޝާން އަށް ދެއްކެވުމަށްޓަކައި މެއި 8 ވާ އާދީއްތަ ދުވަހުން ފެށިގެން ނ.އަތޮޅު ހޮސްޕިޓަލްގެ ނަމްބަރ 6560036 އަށް ގުޅުއްވާ ނަން ނޯޓް ކުރެއްވޭނެ ކަމަށެވެ. މިކަމުގައި އެހޮސްޕިޓަލުން ފުރިހަމަ އެއްބާރުލުން ލިބެމުންދާ ކަމަށް ޖަމްޢިއްޔަތުއްސަލަފުން ފާހަނގަކުރެއެވެ.

ނ.އަތޮޅުގެ 9 ރަށެއްގައި މިރިޙްލާގެ ޙަރަކާތްތައް ކުރިއަށް ގެންދިއުމަށް ރޭވިފައިވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ. އެރަށްތަކަކީ މަނަދޫ، މާޅެންދޫ، މާފަރު، ލަންދޫ، ކުޑަފަރީ، މަގޫދޫ، މިލަދޫ، ހޮޅުދޫ، ވެލިދޫ، ހެނބަދޫ އަދި ކެނދިކުޅުދޫ އެވެ. ނ.އަތޮޅުގެ ޒުވާނުން މިރިޙްލާއަށް މިހާރު ތައްޔާރުވަމުންދާ ކަމަށް ދިއިސްލާމަށް މަޢުލޫމާތު ލިބެއެވެ.

ޖަމްޢިއްޔަތުއްސަލަފުން ހާމަކުރާ ގޮތުގައި މިރިޙްލާ އަށް ނ.އަތޮޅަށް ދިއުމަށް މާލެއިން ފުރަން ހަމަޖެހިފައިވަނީ މެއި 11 ގައެވެ. އަދި އަނބުރާ މާލެ އައުމަށް ހަމަޖެހިފައިވަނީ މެއި 15 ގައެވެ.

ޓެގް

ރިޙްލާ، ޖަމްޢިއްޔަތުއްސަލަފް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.