ރާއްޖޭގެ ޚަބަރު ޖަމްޢިއްޔަތުއްސަލަފުން ނ.އަތޮޅުގައި ބާއްވާ ރިޙްލާގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

ޖަމްޢިއްޔަތުއްސަލަފުން ނ.އަތޮޅުގައި ބާއްވާ ރިޙްލާގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޖަމްޢިއްޔަތުއްސަލަފްގެ "ނޫނު ރިޙްލާ 2011" ގެ ރެޖިސްޓްރޭޝަން ފޯމް ގެ ސްކްރީން ޝޮޓެއް .............../ ލިޔުނީ : ޙަސަން ޝިޔާޒް

ޖަމްޢިއްޔަތުއްސަލަފުން ނ.އަތޮޅުގެ ރަށްތަކުގައި މެއި 12 ން 14 ށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ރިޙްލާގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

އެޖަމްޢިއްޔާގެ ފަރާތުން ދިއިސްލާމަށް މަޢުލޫމާތު ދެއްވި އޮފިޝަލަކު ވިދާޅުވީ ރިޙްލާގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން ރެޖިސްޓްރޭޝަން ފޯމް ފުރުއްވާފައި މެއި 5 ވާ ބުރާސްފަތި ދުވަހުގެ ކުރިން ސަލަފްލައިން (ހިލާލީމަގު) އަށް ހުށަހަޅުއްވަން ޖެހޭނެ ކަމަށެވެ. އަދި ޖަމްޢިއްޔާގެ ފަރާތުން ބައިވެރިން ހޮވުމަށްފަހު އެކަން އަންގަވާނެ ކަމަށާއި، ހޮވިވަޑައިގަންނަވާ ބޭފުޅުން ބައިވެރިވުމުގެ ފީގެ ގޮތުގައި 350 ރުފިޔާ ނެގުމަށް ހަމަޖެހިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

ރެޖިސްޓްރޭޝަން ފޯމް ޖަމްޢިއްޔަތުއްސަލަފްގެ ވެބްސައިޓުންނާއި ސަލަފްލައިން އިން ލިބެން ހުންނާނެކަމަށް އޮފިޝަލް ވިދާޅުވިއެވެ. މިކަމާއި ބެހޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް ނަންބަރު 7411078 ފޯނާއި ގުޅުއްވުމަށް އެޖަމްޢިއްޔާ އިން އެދިލައްވައެވެ.

ނ.މަނަދޫގައި މަރުކަޒް ކުރުމަށް ހަމަޖެހިފައިވާ މިރިޙްލާގައި މުޅި އަތޮޅުގެ ރަށްތަކަށް މަންފާ ކުރާނޭހެން ޖަމްޢިއްޔާގެ ޙަރަކާތްތައް ހިންގުމަށް ޤަސްދުކުރެވިފައިވާ ކަމަށާއި، މިއިވެންޓްގައި ޝައިޚް އާދަމް ޝަމީމް އާއި، ޝައިޚް އަޙްމަދު ސަމީރުގެ އިތުރުން އެހެން ބައެއް ޝައިޚުން ބައިވެރިވުމަށް ހަމަޖެހިފައިވާ ކަމަށް ޖަމްޢިއްޔަތުއްސަލަފުން ހާމަކުރެއެވެ.

އިތުރަށް އެޖަމްޢިއްޔާއިން މަޢުލޫމާތު ދެއްވާ ގޮތުގައި މިރިޙްލާ އަށް ނ.އަތޮޅަށް ދިއުމަށް މާލެއިން ފުރަން ހަމަޖެހިފައިވަނީ މެއި 11 ވާ ބުދަ ދުވަހުއެވެ. އަދި އަނބުރާ މާލެ އައުމަށް ހަމަޖެހިފައިވަނީ މެއި 15 ވާ އާދީއްތަ ދުވަހުއެވެ.

_____________________________

ޖަމްޢިއްޔަތުއްސަލަފްގެ "ނޫނު ރިޙްލާ 2011" ގެ ރެޖިސްޓްރޭޝަން ފޯމް ޑައުންލޯޑްކުރައްވާ

ޓެގް

ރިޙްލާ، ޖަމްޢިއްޔަތުއްސަލަފް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.