ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ މަޤްޞަދުގައި، އިސްލާމިކް މިނިސްޓްރީ އިން އިންތިޒާމްކޮށްގެން ސިލްސިލާކޮށް ކުރިއަށް ގެންދާ ޕްރޮގްރާމްތަކުންގެ ދަށުން، ކޮންމެ ހުކުރު ދުވަހެއްގެ ރޭ އިޝާ ނަމާދަށްފަހު މާލެ ސިޓީގެ މިސްކިތްތަކުގައި ބާއްވަމުން ގެންދާ ދަރުސްތަކުގެ ތެރެއިން 29 އޭޕްރީލް ދުވަހުގެ ރޭ (މިރޭ) ބޭއްވުމަށް ހަމަޖެހިފައިވާ ދަރުސްތަކުގެ ތާވަލް އިސްލާމިކް މިނިސްޓްރީ އިން ޢާއްމުކޮށްފިއެވެ.
މިގޮތުން މިރޭގެ ދަރުސް ތާވަލް ހަމަޖެހިފައިވާ ގޮތް ތިރީގައި މިވަނީއެވެ.
1- މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޒަމް - އައްޝައިޚް މުޙައްމަދު ޠައްޔިބް
2- މަސްޖިދު އިސްކަންދަރު - އައްޝައިޚް އަޒްމަތު ޖަމީލް
3- މަސްޖިދު ޖަލާލުއްދީން - އަލްއުސްތާޛް އަޙްމަދު މައުމޫން
4- މަސްޖިދު ފުރްޤާން - އައްޝައިޚް އަޙްމަދު ނިޒާމް
5- މަސްޖިދު އިބްރާހީމް - އައްޝައިޚް އަޙްމަދު ސަމީރު އިބްރާހީމް
6- މަސްޖިދު ނޫރު - އައްޝައިޚް އަޙްމަދު މޫސާ
7- މަސްޖިދުއް ޤާސިމް ބިން އަލްޘާނީ (ހުޅުމާލެ) – އައްޝައިޚް ޙަސަން ތައުފީޤް ޢަބްދުއްރަޙްމާން
މިދަރުސްތަކަށް ވީހާވެސް ގިނަ ބަޔަކު ޙާޟިރުވުމަށް އިސްލާމިކް މިނިސްޓްރީ އިން އެދލިލައްވައެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...