ޒުވާނުންގެ މަރްކަޒްގެ ފަރާތުން ހިންގާ "ޔޫތް ފޯރަމް" ޕްރޮގްރާމްގެ ފަރާތުން އިންތިޒާމްކޮށްގެން މިރޭ 21:00 ގައި ޒުވާނުންނަށް ޚާއްޞަ ދަރުސެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އެމަރްކަޒުން ހާމަކޮށްފިއެވެ.
އެމަރްކަޒްގެ އޮފިޝަލަކު ދިއިސްލާމަށް މަޢުލޫމާތު ދެއްވި ގޮތުގައި "އިސްލާމީ މީޒާނުގައި ލޯތްބާއި ނަފްރަތު" މިމައުޟޫއަށް މިރޭ ސޯޝަލް ސެންޓަރުގައި ދަރުސް ދެއްވާނީ ޑރ. އިބްރާހީމް ޒަކަރިއްޔާ މޫސާ އެވެ. މިދަރުސަކީ "ޔޫތް ފޯރަމް" ގެ ފަރާތުން މިއަހަރު ބާއްވާ ދެވަނަ ދަރުސް ކަމަށް އޮފިޝަލް މަޢުލޫމާތު ދެއްވިއެވެ. އޭނާ ވިދާޅުވީ މިދަރުސް މިބޭއްވެނީ ގިނަ ޒުވާނުންގެ އެދުމުގެ މަތިން ކަމަށެވެ.
މިދަރުސް އަށް ޙާޟިރުވުމަށް ހުރިހާ ޒުވާނުންނަށް "ޔޫތް ފޯރަމް" އިން ދަޢުވަތު އަރުވައެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...