ރާއްޖޭގެ ޚަބަރު ޔުނިވާސިޓީ ކައުންސިލް ބޯޑަށް ދަރިވަރުންގެ ފާރާތުން މަންދޫބަކު ހޮވުމަށް ބޭއްވި އިންތިޚާބު ފުރިހަމަ އަޣުލަބިއްޔަތަކާއެކު ރާޒީ ކާމިޔާބުކޮށްފި

ޔުނިވާސިޓީ ކައުންސިލް ބޯޑަށް ދަރިވަރުންގެ ފާރާތުން މަންދޫބަކު ހޮވުމަށް ބޭއްވި އިންތިޚާބު ފުރިހަމަ އަޣުލަބިއްޔަތަކާއެކު ރާޒީ ކާމިޔާބުކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޔުނިވާސިޓީ ކައުންސިލު ބޯޑަށް މެންބަރުން ހޮވުމަށް ބޭއްވި އިންތިޚާބުގައި ދަރިވަރުންގެ ފަރާތުން ޔުނިވާސިޓީ ކައުންސިލު ބޯޑުގެ ގޮނޑި ވަރަށް ފުރިހަމަ އަޣުލަބިއްޔަތަކުން ފެކަލްޓީ އޮފް އެޑިއުކޭޝަން (އެފް އީ) ގެ ދަރިވަރު އަބުދުﷲ ރާޒީ ކާމިޔާބުކޮށްފިއެވެ.

މިއަދު ޔުނިވާސިޓީ ކައުންސިލަށް މެންބަރުން ހޮވުމަށް ބޭއްވި އިންތިޚާބުގައި ރާޒީއާއި ވާދަކުރެއްވި ތިން ކެނޑިޑޭޓުންނާއި ވާދަކޮށް ރާޒީ އިންތިޚާބު ކާމިޔާބުކުރީ 513 ވޯޓް ހޯދައިގެންވެ.  ރާޒީއާއި އެންމެ ގާތުން ވާދަކުރި ފެކަލްޓީ އޮފް ޝަރީޢާއިން ލޯ (އެފް އެސް އެލް) އިން އިންތިޚާބުގައި ވާދަކުރި މޫސާއަންވަރަށް ލިބިފައިވަނީ 256 ވޯޓެވެ.

ދެން މިއިންތިޚާބުގައވާދަކުރީ ފެކަލްޓީ އޮފް އާޓްސް (އެފް އޭ) ގެ ޢަލީ ސުލައިމާނާއި ސެންޓަރ ފޯ އޮޕަން ލާނިންގ (ސީ އޯ އެލް) އިން ކުރިމަތިލި އަޙްމަދު ޝަފީޤުއެވެ. މިހުރިހާ ކެނޑިޑޭޓުންނާ ވާދަކޮށް ރާޒީ އިންތިޚާބު ކާމިޔާބުކޮށްފައިވަނީ މިހުރިހާ ކެނޑިޑޭޓުންނަށް ވުރެ 257 ވޯޓު ތަފާތުން ކުރި ހޯއްދައިގެންނެވެ.

މިއަދު ޔުނިވާސިޓީ ކައުންސިލުގެ އެހެން މަޤާމުތަކަށް ވެސް ވަނީ މެންބަރު އިންތިޚާބުކޮށްފައެވެ.

ރާޒީގެ ބުލޮގަށް ޒިޔާރަތްކޮށްލައްވާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.