ރާއްޖޭގެ ޚަބަރު މަސްތުވާތަކެތީގެ ވިޔަފާރީ ކުރުމުގެ ކުށުގައި އުމުރަށް ޖަލައް ލުމަށް ޙުކުމް ކޮށްފައި ހުރި މީހަކު ފިހާރަޔަށް ވަދެ ސޭޓަށް މަރުގެ އިންޒާރު ދީފި

މަސްތުވާތަކެތީގެ ވިޔަފާރީ ކުރުމުގެ ކުށުގައި އުމުރަށް ޖަލައް ލުމަށް ޙުކުމް ކޮށްފައި ހުރި މީހަކު ފިހާރަޔަށް ވަދެ ސޭޓަށް މަރުގެ އިންޒާރު ދީފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

25 ޕެކްޓް މަސްތުވާތަކެތި އަތުގައި ހުއްޓާ ފެނުމުގެ ސަބަބުން މަސްތުވާތަކެތީގެ ވިޔަފާރި ކުރުމުގެ ކުށުގައި ކުރީގެ ޖިނާއީ ކޯޓުން އުމުރަށް ޖަލައް ލުމަށް ޙުކުމް ކޮށްފައިވާ މީހަކު ފިހާރަޔަކަށްވަދެ ސޡޭޓަށް މަރުގެ އިންޒާރު ދީފިއެވެ.

އުމުރަށް ޖަލައް ލުމަށް ޙުކުމް ކޮށްފައިވާ ގ. ސަންޑާންސް އިސްމާއިލް ވަހީދު 25 އހަރު މަގުމައްޗަށް ދޫވެ ފިހާރައިގެ ސޭޓަށް މަރުގެ އިންޒާރު ދިނުމާއި ގުޅިގެން ފުލުހުން މިހާރުވަނީ އޭނާ ހައްޔަރުކޮށްފައެވެ.

ކުރިމިނަލް ކޯޓުން ވަނީ މަސްތުވާތަކެތީގެ ވިޔަފާރި ކުރުމުގެ ކުށުގައި އޭނާ އަށް އުމުރަށް ޖަލަށް ލުމަށް ޙުކުމް ތަންފީޒުކުރުމަށް ކަމާއިބެހޭ ފަރާތްތަކާއި ހަވާލުކޮށްފައެވެ.

އުމުރަށް ޖަލައް ލުމަށް ޙުކުމު ކޮށްފައިވާ މީހަކު މަގު މައްޗައް ބީވެ ފިހާރައިގެ ސޭޓަށް ސޭޓަށް މަރުގެ އިންޒާރު ދިނުމުން އެކި އެކި ފަރާތްތަކުން ދަނީ މިކަމާއި ކަންބޮޑުވުން ފާޅުކުރަމުންނެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.