ލީބިޔާ ސަރުކާރާއި ދެކޮޅަށް އެޤައުމުގައި ކުރަމުންދާ މުޒާހަރާތަކާއި ދެކޮޅަށް ލީބިޔާގެ ސަރުކާރުން އިންސާނީ ހައްގުތަކަށް އަރައިގަތުން ކުރިއަށް ގެންދާތީ ދިވެހި ސަރުކާރުން ލީބިޔާއާއެކު ސިޔާސީ ގުޅުން މެދު ކަނޑާލައިފިއެވެ.
ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ލީބިޔާގައި މިހާރު އިންސާނީ ހައްގުތަކުގެ ހާލަތުގެ އޮތް ގޮތުގެ ސަބަބުން ގައްޒާފީގެ ސަރުކާރުން އިންސާނީ ހައްގުތަކާ ހިލާފު ޖަރީމާތައް ހިންގަމުންދާ ކަމުގެ ހެކިތައް އިތުރަށް ފެންނަމުންދާ ކަމަށާއި އެހެންކަމުން ލީބިޔާ ސަރުކާރާއި ދިވެހި ސަރުކާރާ ދެމެދު އޮތް ސިޔާސީ ގުޅުން މެދުކަނޑާލެވިފައިވާ ކަމަށެވެ. އެހެންކަމުން އެކަމާއި ބެހޭގޮތުން ފުރިހަމަ ކުރަންޖެހޭ މަސައްކަތް ކުރަމުންދާކަމަށް އެމިނިސްޓްރީއިން ހާމަކުރައްވައިފައިވެއެވެ.
ދިވެހި ރާއްޖެއަކީ ލީބިޔާއާއި ސިޔާސީ ގުޅުން ކަނޑައިލި ތިން ވަނަ ޤައުމެވެ. އަދި އެޤައުމުގެ އިދިކޮޅު ޓްރާންސިޝަނަލް ނެޝަނަލް ކައުންސިލް ބަލައިގަތް ތިން ވަނަ ޤއުމުވެސް މެއެވެ.
ލީބިޔާގެ ސަރުކާރުން އިންސާނީ ހައްގުތަކަށް އަރައިގަތުން ކުރިއަށް ގެންދާތީ ދިވެހި ސަރުކާރުން ލީބިޔާއާއެކު ސިޔާސީ ގުޅުން ކަނޑާލަފައިވާއިރު، ދިވެހި ސަރުކާރުން އިންސާނީ ޙައްޤުތަކަށް ފާޅުގައި އަރައިގަންނަމުންދާ ޙައްދުފަހަނައަޅާފައިވާ ޓެރަރިސްޓް އިސްރާއީލާއި ގުޅުން ޤާއިމުކޮށްފައިވަނީ ފަލްޠީނުގެ މައްސަލައަށް ޞުލުޙަވެރި ޙައްލެއް ޙޯދައިދިނުމަށްކަމަށް ޚާރިޖީ ވަޒީރު އަޙްމަދު ނަސީމުވިދާޅުވެފައިވެއެވެ. އެހެންކަމުން ލީބިޔާއަށް ޞުލުޙަވެރި ޙައްލެއް ހޯދުމަށްޓަކައި ލީބިޔާ ސަރުކާރާއެކު ސިޔާސީ ގުޅުން އިތުރަށް ހަރުދަނާ ނުކުރެވެންވީ އެއްވެސް ސަބަބެއް ނެތްކަމަށް ސަރުކާރާއި އިދިކޮޅު ބައެއް ފަރާތްތަކުން ދަނީ ސުވާލު އުއްފައްދަމުންނެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...