ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ މަޤްޞަދުގައި، އިސްލާމިކް މިނިސްޓްރީ އިން އިންތިޒާމްކޮށްގެން ސިލްސިލާކޮށް ކުރިއަށް ގެންދާ ޕްރޮގްރާމްތަކުންގެ ދަށުން، ކޮންމެ ހުކުރު ދުވަހެއްގެ ރޭ އިޝާ ނަމާދަށްފަހު މާލެ ސިޓީގެ މިސްކިތްތަކުގައި ބާއްވަމުން ގެންދާ ދަރުސްތަކުގެ ތެރެއިން 22 އޭޕްރީލް ދުވަހުގެ ރޭ (މިރޭ) ބޭއްވުމަށް ހަމަޖެހިފައިވާ ދަރުސްތަކުގެ ތާވަލް އިސްލާމިކް މިނިސްޓްރީ އިން ޢާއްމުކޮށްފިއެވެ.
މިގޮތުން މިރޭގެ ދަރުސް ތާވަލް ހަމަޖެހިފައިވާ ގޮތް ތިރީގައި މިވަނީއެވެ.
1- މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޒަމް - އައްޝައިޚް އަޙްމަދު ސަމީރު
2- މަސްޖިދުއްސުލްޠާން މުޙައްމަދު ބިން ޢަބްދުﷲ - އައްޝައިޚް އުޘްމާން ޢަބްދުﷲ
3- މަސްޖިދު ޖަލާލުއްދީން - އައްޝައިޚް ސަޢުދުﷲ އިބްރާހީމް
4- މަސްޖިދު އިބްރާހީމް - އަލްއުސްތާޛް އަޙްމަދު ނިޒާމް
5- މަސްޖިދުއްސުލްޠާން ޙަސަން ޢިއްޒުއްދީން - އަލްއުސްތާޛް ޢަލީ ރިޟާ
6- މަސްޖިދު އިޚްލާޞް (ވިލިމާލެ) - އައްޝައިޚް ޙުސައިން ރަޝީދު އަޙްމަދު
7- މަސްޖިދުއް ޤާސިމް ބިން އަލްޘާނީ (ހުޅުމާލެ) – އަލްއުސްތާޛް ޙަސަން ސަޢީދު
މިދަރުސްތަކަށް ވީހާވެސް ގިނަ ބަޔަކު ޙާޟިރުވުމަށް އިސްލާމިކް މިނިސްޓްރީ އިން އެދލިލައްވައެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...