ރާއްޖޭގެ ޚަބަރު ރާއްޖޭގައި އިސްލާމީ ޝަރީޢަތް ޤާއިމުކުރުމަށް ގޮވާލާ އޭޕްރީލް 29 ގައި ޢަދާލަތު ޕާޓީން މުޒާހަރާއެއް ބާއްވަނީ

ރާއްޖޭގައި އިސްލާމީ ޝަރީޢަތް ޤާއިމުކުރުމަށް ގޮވާލާ އޭޕްރީލް 29 ގައި ޢަދާލަތު ޕާޓީން މުޒާހަރާއެއް ބާއްވަނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް
ލިޔުނީ: ހުސެއިން ހަބީބު

ދިވެހިރާއްޖޭގައި ހިނގަމުންދާ ނުރައްކާތެރި ޖަރީމާތައް ޙައްލުކުރުމަށްޓަކައި އިސްލާމީ ޝަރީޢަތް ޤާއިމްކުރުމަށް ގޮވާލާ މިމަހު 29 ވާ ހުކުރު ދުވަހު މުޒާހަރާއެއް ބޭއްވުމަށް ޢަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ.

އެޕާޓީގެ މަޝްވަރާ މަޖިލީހުގެ މެމްބަރެއް ނަން ނުޖެހުމަށް ޝަރުޠުކޮށް ދިއިސްލާމަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ މިކަން ފާސްކޮށްފައިވަނީ މިރޭ ބޭއްވި މަޝްވަރާ މަޖިލީހުގެ މިއަހަރުގެ 22 ވަނަ ޖަލްސާގައި ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ މިމުޒާހަރާގައި ބައިވެރިވުމަށް މަދަނީ ޖަމްޢިއްޔާތަކަށްވެސް ދަޢުވަތު އެރުވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މިފަދަ މުޒާހަރާއެއް ކުރުމަށް ޢަދާލަތު ޕާޓީ އިން ނިންމާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު އިބްރާހީމް މުއްޠަލިބް ހުށަހެޅުއްވި މަރަށް މަރުހިފުމާއި ބޭހޭ މާއްދާ ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ބަހުޘް ކުރަމުންދާ ދުވަސްވަރެއްގައެވެ.

ޓެގް

މުޒާހަރާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.