ލިޔުނީ ޙުސައިން ޙަބީބު
މާޅޮސްމަޑުލް އުތުރުބުރީ ހުޅުދުއްފާރުން މިއަދު މެންދުރު 11 ޖެހިއިރު ކަރަންޓް ކެނޑުނުގޮތަށް އަދިވެސް އެރަށުގެ ރައްޔިތުންނަށް ކަރަންޓްގެ ޚިދުމަތް ނުލިބޭކަމަށް އެރަށުން ކައުންސިލުން ވިދާޅުވެއްޖެއެވެ.
ކައުންސިލްގެ ރައީސް މުޙައްމަދު ޒުބޭރު ދިއިސްލާމަށް މަޢުލޫމާތު ދެއްވަމުންވިދާޅުވީ މުޅި ރަށަށް ކަރަންޓް ދިނުމަށްޓަކައި ބޭނުންކުރާ ޖަނަރޭޓަރަށް މައްސަލަ ތަކެއް ދިމާވެފައިވާތާ ދުވަސްތަކެއް ވެއްޖެކަމަށާއި އެހެންކަމުން އިންޖީނަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށްޓަކައި ރަށުގެ އެންމެ ލޯޑް ބޮޑު ސަރަހައްދުން ކަރަންޓް ކަނޑާލައިގެން މަސައްކަތް ކުރިކަމަށެވެ.
މިއަދު ހެނދުނު 9 ޖެހިއިރު އެރަށުގެ ދެކުނު އަވަށު ސަރަހައްދަކުން ކަރަންޓްް ކަނޑައިލައިގެން މަސައްކަތް ކުރިކަމަށާއި ނަމަވެސް މަސަކަތް ހުއްޓާލައި އެންމެން ހުކުރަށްދިޔަ ވަގުތު މުޅިރަށުގެ ހުރިހާ ސަރަހައްދަކުން ކަރަންޓް ކެނޑިފައިވާ ކަމަށެވެ. މެންދުރު 11 ޖަހާކަންހާއިރު ކަރަންޓް ކެންޑުނުގޮތައް އަދިވެސް ކަރަންޓް ނުލިބޭކަމަށް ހުޅުދުއްފާރު ކައުންސިލްގެ ރައީސް މުޙައްމަދު ޒުބޭރު ވިދާޅުވިއެވެ.
ޒުބޭރު އިތުރަށްވިދާޅުވީ މިއިންޖީނަށް ދިމާވެފައިވާ މައްސަލަ ހައްލުކުރުމަށް ތަފާތު ގޮތްގޮތުން މަސައްކަތް ކުރެއްވިކަމަށެވެ. ނަމަވެސް މައްސލަ ޙައްލުނުވުމުން އެރަށުގެ އިންޖީނުގޭގައި ހުރި ޖަނަރޭޓަރަކުން އެރަށުގެ ދެމިސްކިތްތާއި ހެލްތުސެންޓަރާއި ވަތަނިއްޔާ ދިރާގު އެންޓަނާ ހުރި ދެޓަވަރަށްވެސް ޚިދުމަތް ދީފައިވާ ކަމަށެވެ.
ނަމަވެސް ރަށުގައި ބޭނުން ކުރަމުންދާ އިންޖީނަށް ދިމާވެފައިވާ މައްސަލައިގެ ސަބަބުން ކަރަންޓް ފޯރުކޮށް ނުދެވޭކަމަށް ޒުބޭރު ވިދާޅުވިއެވެ.
އަދި މިއްސަލަ ޤައުމީ އިދާރާއަށް އަންގަވައިފިން ކަމަށާއި، ރަށަށް އިންޖީނެއް ގެނެސްގެން ނަމަވެސް އެމައްސަލަ ޙައްލުކޖޮށްދެއްވާނެކަމަށް އެއިދާރާއިން ވިދާޅުވެފައިވާކަމަށް ރ. ހުޅުއްދުއްފާރު ކައުންސިލްގެ ރައީސް މުޙައްމަދު ޒުބޭރު ވިދާޅުވިއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...