ރާއްޖޭގެ ޚަބަރު މުސްލިމުންގެ ގުޅުމުގެ ރައީސް ޢިނާޒު މިނިސްޓަރ އޮފް ފިނޭންސްގެ މަޤާމަށް ހަމަޖައްސަވައިފި

މުސްލިމުންގެ ގުޅުމުގެ ރައީސް ޢިނާޒު މިނިސްޓަރ އޮފް ފިނޭންސްގެ މަޤާމަށް ހަމަޖައްސަވައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: އަހްސަން

މުސްލިމުންގެ ގުޅުމުގެ ރައީސް މިނިސްޓަރ އޮފް ފިނޭންސްގެ މަޤާމަށް ހަމަޖައްސަވައިފިއެވެ.

މުސްލިމުންގެ ގުޅުމުގެ ރައީސް އަޙްމަދު ޢިނާޒު އަށް މިނިސްޓަރުކަން ދެއްވީ މިދިޔަ އަދިއްތަ ދުވަހު ރައީސުލްޖުމްހޫރިއްޔާ އޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ ކަމުގެ މަޤާމަށް އަޙްމަދު ޢިނާޒު ހަމަޖައްސަވައި ރައީސް ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، "އަޙްމަދު ޢިނާޒަކީ، އިޤްތިޞާދީ އަދި މާލީ ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ބޭފުޅެއްކަން ފާހަގަކުރައްވައި، މިދިޔަ ދެއަހަރު ދުވަހުގެ ތެރޭގައި ސަރުކާރުގެ އިޤްތިޞާދީ ކަންކަމުގައި ޢިނާޒު ދެއްވި ލަފާފުޅު ރައީސުލްޖުމްހޫރިއްޔާ ބަލައިގެންނެވީ އުފާފުޅާއެކުގައި" ކަމަށް ވިދާޅުވިއެވެ.

އަޙްމަދު ޢިނާޒު މިހާތަނަށް ހުންނެވީ، މިނިސްޓަރ އޮފް ސްޓޭޓް ފޮރ އިކޮނޮމިކް ޑިވެލޮޕްމަންޓް ކަމުގެ މަގާމުގައެވެ. މިހާރުވެސް އަޙްމަދު ޢިނާޒަކީ މުސްލިމުންގެ ގުޅުމުގެ ރައީސްއެވެ. މުސްލިމުންގެ ގުޅުމަކީ 1982 ވަނަ އަހަރު ވުޖޫދަށް އައިސްފައިވާ ޖަމިއްޔާއެކެވެ.

ޓެގް

ސަރުކާރު ދިވެހިން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.