ރާއްޖޭގެ ޚަބަރު ގަތަރު ރެޑްކްރޮސެންޓް މެދުވެރިކޮށް ޕީކޭ ރިލީފު ފަންޑުން ޕާކިސްތާނަށް އެހީވުމަށް ތައްޔާރުވަނީ

ގަތަރު ރެޑްކްރޮސެންޓް މެދުވެރިކޮށް ޕީކޭ ރިލީފު ފަންޑުން ޕާކިސްތާނަށް އެހީވުމަށް ތައްޔާރުވަނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: ހުސެއިން ހަބީބު

2010 ވަނަ އަހަރު އޯގަސްޓް މަހު ޕާކިސްތާނަށް ކުރިމަތިވި ފެން ބޮޑުވުމުގެ ނުރައްކާތެރި ކާރިޘާގައި ހާލުގައި ޖެހުނު ފަރާތްތަކަށް އެހީވުމަށް ޢަދާލަތު ޕާޓީއާއި 150 ވުރެ ގިނަ ޖަމްޢިއްޔާ ޖަމާޢައްތައް ތަމްސީލުކުރަމުންދާ މަދަނީ އިއްތިހާދާއި ރާއްޖޭގެ ބައެއް ސިޔާސީ ޕާޓީތައް ގުޅިގެން ހުޅުވާފައިވާ ޕިކޭ ރިލީފު ފަންޑު ގަތަރު ރެޑްކްރޮސެންޓް މެދުވެރިކޮށް ޕާކިސްތާނަށް އެހިވުމަށް ތައްޔާރު ވަމުން އަންނަ ކަމަށް ޢަދާލަތު ޕާޓީއިން ހާމަކުރައްވައިފިއެވެ.

މިދިޔަ އަހަރު އޮގަސްޓް 8 ގައި އަލިމަސްކާނިވަލްގައި ޢަދާލަތު ޕާޓީއިން ބޭއްވި ޖަލްސާއެއްގައި ހުޅުވި ޕީކޭ ރިލީފް ފަންޑަށްވަނީ 60،602،381،4 ރުފިޔާ ލިބިފައިވާކަމަށް ޢަދާލަތު ޕާޓީއިން ހާމަކުރައްވައެވެ.

އިސްލާމީ ޤައުމުތަކުގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީވާ ގަތަރު ރެޑް ކްރޮސެންޓާއި މިފައިސާ ހަވާލުކުރުމުގެ ކުރިން މިހާރު ކުރިއަށްދަނީ މިފައިސާ ޔޫއެސް ޑޮލަރަށް ބަދަލު ކުރުމަށް މަސައްކަތް ކުރަމުންނެވެ. މިހާތަނަށް އެފައިސާ ފޮނުވުން ލަސްވެފައިވަނީ ޑޮލަރު ހޯދުމުގައި ދިމާވާ ދަތިތަކާއި ގުޅިގެންކަމަށް ޢަދާލަތު ޕާޓީއިން ހާމަކުރައްވައެވެ.

ޢަދާލަތު ޕާޓީއިން ވަނީ 2009 ވަނަ އަހަރު ކުރީކޮޅު ޔަހޫދީ އިސްރާއީލު ފަލަސްޠީނުގެ ޣައްޒާއަށް ދިން ޓެރަރިސްޓް ޙަމަލާތަކުގައި ގެއްލުން ލިބުނު ޣައްޒާގެ ނިކަމެތި މުސްލިމުންނަށް އެހީވުމަށްޓަކައި ފަންޑެއް ޖަމާކޮށް ގަތަރު ރެޑްކްރޮސެންޓް މެދުވެރިކޮށް ޣައްޒާގެ ނިކަމެތި ރައްޔިތުންނަށް އެހީ ފޯރުކޮށްދީފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.