ރާއްޖޭގެ ޚަބަރު

މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ޤުރުއާނާ ބެހޭ މަރުކަޒުގެ ގޮތްޕެއް ޤާއިމުކޮށްދޭނަން: ރައީސް

ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ ގޮތްޕެއް މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ޤާއިމުކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މިކަން ރައީސް ހާމަކުރެއްވީ ކޮޅުމަޑުލުގެ ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ވޭމަންޑޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވި ގޮތުގައި ރާއްޖޭގައި އިސްލާމީ ޝިޢާރުތައް ކުރިއަރުވައި، އަންނަން އޮތް ޖީލުތަކަށް ރައްކާތެރިކަމާ އެކު ދީނުގެ ކަންކަން ފޯރުކޮށްދިނުމަށް އަދުގެ ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވައެވެ. އަދި އެކުވެރި އެއްބައިވަންތަ ބައެއްގެ ގޮތުގައި މިހާ ދުވަހު ދިވެހިން ދެމިތިބީ އިސްލާމް ދީނުގެ ސަބަބުން ކަމަށް ފާހަގަކުރެއްވިއެވެ.

"ދުނިޔޭގައި ޖެހޭ ވަޔާ އޮޔަށް ކުދިން ޣަރަޤުވާން ދޫކޮށްލައިފިއްޔާ ތަރައްޤީގެ ބޭނުމެއް ނެތް. ދީނަށް ނަޞްރުދީ އަންނަން އޮތް ޖީލުތަކަށް ހެޔޮ ގޮތުގައި ފޯރުކޮށްދޭން ޢަޒުމު ކަނޑައަޅަންޖެހޭ. އަޅުގަނޑުމެންގެ ވަރަށް މުހިންމު ސިޔާސަތެއް ދީނަށް ނަޞްރު ދިނުމަކީ،" ރައީސް ވިދާޅުވިއެވެ.

ދީނީ ކަންކަން ކުރިއެރުވުމަށް ސަރުކާރުން ރާވާފައިވާ އިތުރު ކަންތައްތަކުގެ ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަގުފު އިމާރާތް ޤާއިމުކުރުމާއި، މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ޒިކުރު ބޯޑުތައް ހަރުކުރުން ހިމެނެއެވެ. ވަގުފު އިމާރާތްތައް އެންމެ ފުރަތަމަ ޤާއިމުކުރަމުންދާނީ ސިޓީތަކުގައި ކަމަށް ރައީސް ވިދާޅުވިއެވެ.

ދީނީ ދާއިރާއިން ސަރުކާރުން ހޯދާފައިވާ ކާމިޔާބީތަކުގެ ތެރޭގައި މިއަހަރު 24 ހާފިޒުން ތަމްރީންކުރެވުނު ކަމާއި، އަންނަ އަހަރު 50 ހާފިޒުން ތަމްރީންކުރުމަށް ރޭވިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން މިހާތަނަށް 500 ޒުވާން ޚަޠީބުން ތަމްރީންކޮށްފައިވާއިރު، އަންނަ އަހަރު ނިމޭއިރު އެ އަދަދު 1000 އަށް އިތުރުކުރެވޭނެ ކަމަށްވެސް ރައީސް ހާމަކުރެއްވިއެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *