ރާއްޖޭގެ ޚަބަރު އިމާމުންނާއި ޚަޠީބުންނަށް، އޮސްޓްރޭލިއަން ނޭވީ އިމާމު ޚާއްޞަ ސެޝަނެއް ކުރިއަށް ގެންގޮސްފި

އިމާމުންނާއި ޚަޠީބުންނަށް، އޮސްޓްރޭލިއަން ނޭވީ އިމާމު ޚާއްޞަ ސެޝަނެއް ކުރިއަށް ގެންގޮސްފި

އިމާމުންނާއި ޚަޠީބުންނަށް، އޮސްޓްރޭލިއަން ނޭވީ އިމާމު ޚާއްޞަ ސެޝަނެއް ކުރިއަށް ގެންގޮސްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ރާއްޖޭގެ އިމާމުންނާއި ޚަޠީބުންނަށް، ރޯޔަލް އޮސްޓްރޭލިއަން ނޭވީ ޗެޕްލައިން މޮގަމަތު މަޖްދީ ޢީސާގެ ޚާއްޞަ ސެޝަނެއް މިއަދު ކުރިއަށް ގެންގޮސްފިއެވެ. މި ސެޝަނުގައި ގިނަ ޢަދަދެއްގެ އިމާމުން ބައިވެރިވެފައިވާކަން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވަނީ ފާހަގަކުރައްވާފައެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މިއީ އިމާމުންގެ ޢިލްމީ ފެންވަރު މަތިކޮށް، އެ ބޭފުޅުންނަށް އިތުރު ތަމްރީނުގެ ފުރުޞަތުތައް ހޯދައިދިނުމުގެ ގޮތުން އެ ވުޒާރާއިން ކުރަމުންދާ މަސައްކަތުގެ ދަށުން ކުރިއަށް ގެންދެވުނު މުހިއްމު ސެޝަނެކެވެ. މި ސެޝަނުގައި މާލެ ސަރަޙައްދުގައި މަސައްކަތްކުރައްވާ އިމާމުންނާއި ޚަޠީބުންނަށް މުހިންމު މަޢުލޫމާތުތަކެއް ވަނީ ހިއްސާކުރެވިފައެވެ.

ޗެޕްލައިން މޮގަމަތު މަޖްދީ ޢީސާ މިހާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ފާއިތުވި ހުކުރު ދުވަހު ހުޅުމާލެ ރަޝީދު މިސްކިތުގައި ހުކުރު ނަމާދު ކުރެއްވިކަން ވެސް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވަނީ ހާމަކުރައްވާފައެވެ.

އިމާމު ޗެޕްލައިން މޮގަމަތު މަޖްދީ ޢީސާއަކީ މަދީނާގެ އިސްލާމިކް ޔުނިވާސިޓީގެ ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯއިން މަތީ ތަޢުލީމް ޙާސިލްކުރައްވާފައިވާ ބޭފުޅެކެވެ. މިފަދަ ތަޖުރިބާކާރު ބޭފުޅެއްގެ ފަރާތުން ރާއްޖޭގެ އިމާމުންނާއި ޚަޠީބުންނަށް މަޢުލޫމާތު ލިބުމަކީ އެ ބޭފުޅުންގެ މަސައްކަތަށް ލިބިގެންދާނެ ބޮޑު ކުރިއެރުމެއް ކަމުގައި ބެލެވެއެވެ.

ޓެގް

އޮސްޓްރޭލިޔާ ޚަޠީބުން އިމާމުން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.