ރާއްޖޭގެ ޚަބަރު ވޯލްޑް ހަލާލް އެކްސްޕޯގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

ވޯލްޑް ހަލާލް އެކްސްޕޯގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

ވޯލްޑް ހަލާލް އެކްސްޕޯގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އަންނަ ނޮވެންބަރު މަހު ތުރުކީގެ އިސްތަންބޫލުގައި ބޭއްވުމަށް ހަމަޖެހިފައިވާ 'ވޯލްޑް ހަލާލް ސަމިޓް އެންޑް ހަލާލް އެކްސްޕޯ 2025' ގައި ބައިވެރުވުމުގެ ފުރުސަތު ދިވެހީންނަށް ހުޅުވާލައިފިއެވެ.

އިޤްތިޞާދީ ތަރައްޤިއާ ވިޔަފާރިއާ ބެހޭ ވުޒާރާއިން ކޮށްފައިވާ އިޢުލާނުގައިވާ ގޮތުން، 11 ވަނަ ވޯލްޑް ހަލާލް އެކްސްޕޯ އާއި ސަމިޓް ކުރިޔަށްދާނީ ނޮވެންބަރު 26 އިން 29 އަށެވެ.

އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ)ގެ ޖެނެރަލް ސެކްރެޓޭރިއެޓްގެ އިސްނެންގެވުމުގެ ދަށުން އިންތިޒާމުކުރެވޭ މި އެކްސްޕޯގައި، ދިވެހި އުފެއްދުންތައް ޕްރޮމޯޓްކޮށް، ގަނެ ވިއްކުމުގެ ފުރުސަތު ދިވެހި ވިޔަފާރިތަކަށް ލިބިގެންދާނެކަމަށް ވުޒާރާއިން ބުނެފައިވެއެވެ.

މި އެކްސްޕޯއާ ގުޅޭ އެންމެހައި މަޢުލޫމާތާއި ބައިވެރިވުމަށް އެދޭ ރަޖިސްޓްރޭޝަން ފޯމް އެކްސްޕޯގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް [email protected] އަށް އީމެއިލް ކުރުމަށް އިޢުލާނުގައި އިލްތިމާސް ކުރައްވާފައިވެއެވެ.

ޓެގް

އޯއައިސީ ހަލާލް ހަލާލް އެކްސްޕޯ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.