ރާއްޖޭގެ ޚަބަރު ރާއްޖޭން ޙައްޖަށް ދާ މީހުން ފުރަން ފަށައިފި

ރާއްޖޭން ޙައްޖަށް ދާ މީހުން ފުރަން ފަށައިފި

ރާއްޖޭން ޙައްޖަށް ދާ މީހުން ފުރަން ފަށައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ރާއްޖޭން ޙައްޖަށް ދާ މީހުން ފުރަން ފަށައިފިއެވެ.

އެގޮތުން މިއަހަރު ރާއްޖެއިން ޙައްޖަށްދާ މީހުންގެ ފުރަތަމަ ގުރޫޕްގައި ހިމެނޭ 157 މީހުން ރޭ ވަނީ ޙައްޖަށް ދިޔުމަށް ފުރާފައެވެ.

ރާއްޖޭން ހައްޖަށް މީހުން ފުރަން ފެށުމުގެ ރަސްމިއްޔާތުގައި ނައިބްރައީސް ފައިޞަލް ނަޞީމާއި އިސްލާމިކް މިނިސްޓަރ ޑރ.އަޙްމަދު ޒާހިރު ވަނީ އެއަރޕޯޓަށް ވަޑައިގެން ބައިވެރިވެ ވަޑައިގެން ޙައްޖުވެރިންނަށް އަލްވަދާޢު ވިދާޅުވެފައެވެ.

ރޭ ޙައްޖުވެރިންގެ ފްލައިޓް ފުރީ 23:15 ހާއިރުއެވެ. މި ގުރޫޕް ޖިއްދާގެ އެއާޕޯޓަށް ގޮސްފައި ވަނީ ރޭފަތިހު ރާއްޖެގަޑިން ފަތިހު 04:35، ހާއިރުއެވެ.

ރޭ ފުރި ޙައްޖުވެރިން އެއާޕޯޓަށް ގެންދިއުމަށް މާލޭގައި 21 ބަސް ސްޓޮޕް، ހުޅުމާލެ ފޭސް 1 ގައި 4 ބަސް ސްޓޮޕް، ހުޅުމާލެ ފޭސް 2 ގައި 1 ބަސް ސްޓޮޕް ވަނީ ޤާއިމްކޮށްފައެވެ.

ރާއްޖޭން މިއަހަރު ޙައްޖަށް މީހުން ގެންދިއުމަށް ލިބިފައި ވަނީ 453 ކޯޓާ އެވެ. މީގެ ތެރެއިން 100 ޖާގައަށް މީހުން ހޮވާފައިވަނީ ޢާއްމުންގެ މެދުގައި ނެގި ގުރުއަތަކުންނެވެ. އަދި ބާކީ ޖާގަތަކަށް މީހުން ނެގީ ޙައްޖު ކޯޕަރޭޝަންގެ ކިއު ތަރުތީބުންނެވެ. މިފަހަރު ޙައްޖާޖީން ރާއްޖޭން ފުރަން ހަމަޖެހިފައިވަނީ 3 ފްލައިޓެއްގައެވެ. އެއީ ރޭގެ ފްލައިޓްގެ އިތުރުން ޖޫންމަހުގެ 29ވަނަ ދުވަހާއި، ޖުލައި މަހުގެ 2ވަނަ ދުވަހު އޮންނަ ފްލައިޓް ތަކުންނެވެ.

އެގޮތުން މި މަހުގެ 29ވަނަ ދުވަހުގެ ފްލައިޓުން 175 ޙައްޖާޖީން އަދި ޖުލައި 2ވަނަ ދުވަހު އޮންނަ ފްލައިޓުން 115 ޙައްޖުވެރިން ފުރަން ވަނީ ހަމަޖެހިފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.