ރާއްޖޭގެ ޚަބަރުދިއިސްލާމް

ފޮނަދޫގައި ސަރުކާރުން އިމާރާތްކުރި މިސްކިތް ހުޅުވައިފި

ލ.ފޮނަދޫގައި ސަރުކާރުން އިމާރާތްކުރި މިސްކިތުގެ މަސައްކަތް ނިންމައި ހުޅުވައިފއެވެ. މަސްޖިދުލް ވިދާދި، މިސްކިތް ހުޅުވައިދެއްވީ އިސްލާމިކް މިނިސްޓަރ ޑރ.އަޙްމަދު ޒާހިރު އަލީއެވެ.

ފޮނަދޫގައި އިމާރާތް ކޮށްފައިވަނީ 500 މީހުންގެ ޖާގައިގެ މިސްކިތެކެވެ. 300 ދުވަހުގެ މުއްދަތުގައި ނިންމާ ގޮތަށް މިސްކިތުގެ މަސައްކަތް ކުރުމަށް 2019 ވަނަ އހަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭ ޙަވާލުކުރީ އިނޯކާ ޕްރައިވެޓް ލިމިޓެޑްއާއެވެ.
މި މަޝްރޫއުއަށް ދަޢުލަތުގެ ބަޖެޓުން ވަނީ 5870،073.14 ރުފިޔާ ޚަރަދުކޮށްފައެވެ.

މި ސަރުކާރު ވެރިކަމާ ހަވާލުވުމަށްފަހު 9 މިސްކިތެއް ބިނާކުރަންވަނީ ހަވާލުކޮށްފައެވެ. މީގެ ތެރެއިން 3 މިސްކިތެއްގެ މަސައްކަތް ނިންމާ މިހާރު ވަނީ ހުޅުވާފައެވެ. ނ.މަގޫދޫއާއި ށ.ފުނަދޫގައި އިމާރާތް ކުރިމިސްކިތް ވަނީ މިދިޔަ އހަރުގެ ނޮވެމްބަރު މަސް ތެރޭ ހުޅުވާފައެވެ. އަދި ދެން ހުރި މިސްކިތްތައް ބިނާކުރުމުގެ މަސައްކަތްތައް މިހާރުވެސް އަންނަނީ ކުރަމުންނެވެ.

އަލަށް އިމާރަތް ކުރާ މިސްކިތްތަކަކީ އަންހެނުންނަށް ފަސޭހައިން ނަމާދު ކުރެވޭނެ އިންތިޒާމްތަކާއެކު ބިނާ ކުރާ މިސްކިތްތަކެއްކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *