ދީން ހުރިހާ ޙާލަތެއްގައި ﷲއަށް ވަކީލުކުރުމަށް ދަސްކުރާށެ: މުފްތީ މެންކް

ހުރިހާ ޙާލަތެއްގައި ﷲއަށް ވަކީލުކުރުމަށް ދަސްކުރާށެ: މުފްތީ މެންކް

ހުރިހާ ޙާލަތެއްގައި ﷲއަށް ވަކީލުކުރުމަށް ދަސްކުރާށެ: މުފްތީ މެންކް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ހުރިހާ ޙާލަތެއްގައި ﷲއަށް ވަކީލުކުރުމަށް ދަސްކުރުމަށް މުފްތީ މެންކް ވިދާޅުވެއްޖެއެވެ.

މުފްތީ މެންކް މިހެން ވިދާޅުވީ މުފްތީ ކުރަށްވައިފައިވާ ޓްވީޓެއްގައެވެ.

މިޓްވީޓް ފައްޓަވައިފައިވަނީ ފިކުރު ބޮޑުވުން ދޫކޮށްލުމަށް ވިދާޅުވަމުންނެވެ.

ކަމުގެ އަސްލު މަންޒަރު އަހަރެމެންނަށް ނުފެނުނަސް ކޮންމެ ޙާލަތެއްގައިވެސް ﷲއަށް ވަކީލުކުރުމަށް ދަސްކުރުމަށް މުފްތީ ވިދާޅުވެފައިވެއެވެ.

އަހަރެމެންނަށް ދެއްވަންވީ ކޯއްޗެއްކަން ﷲދެނެވޮޑިގެންވެއެވެ. އަދި އެއްޗެއް ދެއްވަންވީ ކޮންވަގުތެއްގައި ކަންވެސް އެއިލާހު ދެނެވޮޑިގެންވެއެވެ. އަދި އަހަރެމެންނަށް ބޭނުން ޖެހިފައިވަނީ ކޯއްޗަކައްކަން އެއިލާހު ދެނެވޮޑިގެންވެއެވެ. އަދި އެއެއްޗަކަށް ބޭނުން ޖެހެނީ ކޮން ވަގުތެއްގައިކަންވެސް އެއިލާހު ދެނެވޮޑިގެންވެއެވެ.

ތިބާ ރަނގަޅު ވަގުތުގައި، ރަނގަޅު މީހުންނާއި ރަނގަޅު ތަނުގައި ރަނގަޅު ވަގުތުގައި ލައްވަން އެއިލާހު ދެނެވޮޑިގެން ވެއެވެ.

ޓެގް

ޓްވީޓްތަކުން ދިއިސްލާމް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.