ދަރުސް ޚަބަރު މުނާފިޤުންނަކީ އިސްލާމްކަމާއި އީމާންކަމުގެ ޢަދުއްވުން: ޝެއިޚް ފިކުރީ

މުނާފިޤުންނަކީ އިސްލާމްކަމާއި އީމާންކަމުގެ ޢަދުއްވުން: ޝެއިޚް ފިކުރީ

Mysthakun Ge Fikuraa Kulhelumataka Mi Zamaanuge Vaseelaithakuge Beynun Emme Ragalhu Gothuga Hifamundhey: Sheikh Fikury

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މުނާފިޤުންނަކީ އިސްލާމްކަމާއި އީމާންކަމުގެ ޢަދުއްވުން ކަމުގައި އައްޝައިޚް ޙަސަން މޫސާ ފިކުރީ ވިދާޅުވެއްޖެއެވެ.

ޝެއިޚް މިހެން ވިދާޅުވެފައި ވަނީ ޖަމިއްޔަތުއްސަލަފުން ބޭއްވި ދަރުސް ސިލްސިލާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޝެއިޚް މި މަޢުޟޫއަށް އިތުރަށް ވާހަކަފުޅު ދައްކަވަމުން ވިދާޅުވެފައިވަނީ މުނާފިޤުންގެ ސިފަތައް ދެނެގަނެ، އެ ސިފަތަކާއި ދުރުވެ އެކަން އަޅުގަނޑުމެންގެ ކިބައިގައި ނެތް ބަޔަކަށް ވުމަށް އަޅުގަނޑުމެން މަސައްކަތް ކުރަން ޖެހޭކަމެވެ. އެބޭކަލުން މުނާފިޤުންގެ ކިބައިން ރައްކާތެރި ވުމަށް ކީރިތި ޤުރުއާނުގައި ﷲ ތަޢާލާ އަންގަވާފައިވާ ބަސްފުޅަށް އިޝާރަތް ކުރައްވާފައި މި ހުރިހާ ވާހަކައެއް ގެންނަވަފައިވެއެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވާ އާޔަތެއްގެ މާނައިގައިވެއެވެ. އެމީހުންނަކީ ޙަޤީޤަތުގައި ޢަދާވާތްތެރިންނެވެ. ތިޔަބައިމީހުން އެ ޢަދާވާތްތެރިންނަށް ރައްކާތެރިވުމަށެވެ.

އަދި ހަމަ އެހެންމެ ޞަޙީހް ބުޚާރީގައި ޙުޒައިފަތު ބުނުލް ޔަމަން ވިދާޅުވެފައިވެއެވެ. ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމްގެ ޒަމާނުގައި ތިބި މުނާފިޤުންނަށްވުރެ މުނާފިޤުން މާ ނުބައިވެގެންވެއެވެ. ނަބިއްޔާގެ ޒަމާނުގައި މުނާފިޤުން އެމީހުންގެ ނިފާޤުކަން ފޮރުވައިގެން އުޅުނެވެ. ނަމަވެސް މިއަދު އެބައި މީހުން ނިފާޤުކަން ފާޅުކުރެއެވެ. މުނާފިޤުންގެ ކަމަކީ ކުފުރަށް ލޯބި ކުރުންކަމެވެ.

ޝެއިޚްގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވެފައިވަނީ ޤުރުއާންގައި ވަރަށް ނުރައްކާތެރި ވަޢީދުގެ ބަސްފުޅުތަކެއް އައިސްފައިވުމުގެ ސަބަބުން އެއީ ވަރަށް ނުރައްކާތެރި ކަންކަމެވެ.

ޓެގް

ދަރުސް ޚަބަރު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.