ރައްކާތެރިކަން ލިބުން ވަނީ ﷲ ތަޢާލާގެ ޙަޟްރަތުން ކަމަށް ޒިމްބާބްވޭގެ މުފްތީ އިސްމާޢީލް އިބްނު މޫސާ މެންކް ވިދާޅުވެއްޖެއެވެ.
ޝެއިޚް މިހެން ވިދާޅުވެފައިވަނީ ދަރުސެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޝެއިޚް މި މަޢުޟޫއަށް އިތުރަށް ވާހަކަފުޅު ދައްކަވަމުން ވިދާޅުވެފައި ވަނީ ވަށައިގެން އެނބުރޭ ކޮންމެ މީހަކީ ތިބާއަށް ހިތްހެޔޮ، ތިބާ ކުރިއަރައިދާން އެދޭނެ މީހެއް ނޫންކަމުގައެވެ. އަދި އެމީހުންގެ ތެރޭގައި ގިނަވާނީ ތިބާ ކުރިއަރައިދާނަމަ އެކަމަށް ހަސަދަވެރިވާނެ މީހުންކަމެވެ. އަދި އެމީހުންގެ ކިބައިން އެސްފީނާވެސް ލިބިގެންދާނެ މީހުންކަމެވެ. މިފަދަ ކަންކަމަށް ވިސްނަންޖެހޭ ކަމަށްވެސް ވިދާޅުވެފައިވެއެވެ. އަޅުގަނޑުމެން ކޮންމެ މީހަކުވެސް ދުނިޔެއާއި އާޚިރަތުގައި ކުރިއަރައިދާން މަސައްކަތް ކުރެއެވެ. އަދި އަޅުގަނޑުމެން ކޮންމެ މީހެއްގެ ވަށައިގެން ވެސް އެމީހެއްގެ ފެންވަރުން އެނބުރޭކަމެވެ.
އަދި ހަމަ އެހެންމެ އެއީ އެމީހުން މާބޮޑު ސަބަބެއް އޮވެގެން ކުރާ ކަމެއް ނޫންކަމަށާއި އަނެކަަކަށް މޮޅުގޮތެއް ވުމަށް ނޭދޭތީ ކުރާ ކަމެއް ކަމަށެވެ. އަދި ހުރިހާ ރަޙްމަތެއް ވެސް ލިބެން ޖެހޭނީ އެމީހުންނަށް ކަމަށް އެމީހުންނަށް ޤަބޫލުކުރެވެއެވެ. އަދި ތަނަވަސްކަމާއި އުފަލާއެކީ އުޅެންޖެހެނީ އެމީހުންކަމަށް ޤަބޫލުކުރެވޭތީއެވެ.
އެހެންކަމުން ޝެއިޚްގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވެފައިވަނީ އެފަދަ މީހުންގެ ކިބައިން ސަލާމަތްވުމަށްޓަކައި ތިމާއަށް މިންވަރުކުރައްވާފައިވާ ނިޢުމަތްތަކާއި ތިމާ ދުޢާ ކުރަމުން ގެންދާ ކަންކަން ނުވަތަ ތިމާގެ ޕްލޭންތައް އެންމެންނާ ޙިއްސާ ނުކުރުމަށެވެ. އަދި ހެނދުނާ ހަވީރުގެ ދުޢާތައް ކުރުމުގައި ޘާބިތުވުމާއި ﷲ ތަޢާލާގެ ޙަޟްރަތުން ރައްކައިތެރިކަމަށް އެދި އަބަދުވެސް ދުޢާކުރުމަށެވެ.
ޚިޔާލު