ޙަރާމް ފައިސާ ހޯދާ މީހާ ކުރާ ޞަދަޤާތް ﷲ ތަޢާލާ ޤަބޫލުނުކުރައްވާނެ ކަމަށް ޒިމްބާބްވޭގެ މުފްތީ އިސްމާޢީލް އިބްނު މޫސާ މެންކް ވިދާޅުވެއްޖެއެވެ.
މުފްތީ މެންކް މިހެން ވިދާޅުވެފައިވަނީ ދަރުސެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޝެއިޚް މި މަޢުޟޫއަށް އިތުރަށް ވާހަކަފުޅު ދައްކަވަމުން ވިދާޅުވެފައި ވަނީ އިސްލާމްދީނުގައި ކުރުން ޙަރާމް ކުރައްވާފައިވާ މަސައްކަތެއް ކޮށްގެން ނުވަތަ މާތް ﷲ ނަހީ ކުރައްވާފައިވާ ޢަމަލެއް ކޮށްގެން ހޯދާ ފައިސާއަކީ ޙަރާމް ފައިސާއެވެ. އެއީ ވަޒީފާ ކަމުގައިވިޔަސް ފާފަލިބޭނެ ފަދަ ޢަމަލުތައް ކޮށްގެން ފައިސާ ހޯދާ މީސްތަކުންނާއި މެދު މާތް ﷲ ނުރުއްސަވާނެ ކަމާއި ﷲ ތަޢާލާ އެމީހުން ކުރާ ދުޢާ ވެސް އިޖާބަނުކުރައްވާނެ ކަމަށެވެ. އަދި ދުޢާ އިޖާބަނުކުރައްވާ އެންމެ ބޮޑެތި ސަބަބުތަކުގެ ތެރޭގައި ނަމާދު ނުކުރުމާއި، ﷲ ގެ ޙަޟްރަތަށް ދުޢާ ދަންނަވާއިރު އަވަސް އަރުވާލައިގެން ދުޢާ ދެންނެވުމެވެ.
އެހެންކަމުން ދުޢާ ކުރާއިރު މަޑުމާތްތިރިކަމާއެކު ދުޢާ ކުރުމާއި މާތް ﷲ އަކީ އެއްކައުވަންތަ އިލާހު ކަަމަށް ހެކިވެ، މުހައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމަ އެއީ އެކަލާނގެ އަޅާ އަދި ރަސޫލާ ކަމަށް ހެކިވެ އެކަލާނގެ އަޅާ އަދި ރަސޫލާ ކަމަށް ހެކިވެ އެކަލޭގެފާނަށް ޞަލާވާތާއި ސަލާމާއި ބަރަކާތް ލެއްވުން އެދި ދުޢާ ކުރުމަށްފަހު ދުޢާ ކުރުމަށާއި އެކަލާނގެ ދެއްވެވި ހުރިހާ ނިޢުމަތްތަކަށް ޝުކުރު އަދާ ކުރުމަށް ހަނދުމަ ކުރުމަށް ވެސް ޝެއިޚް ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން ޙަރާމް ފައިސާއިން ޞަދަޤާތްދީ ނުވަތަ ޙަރާމް ފައިސާ ޚަރަދު ކުރާނަަމަ، އޭގައި އެއްވެސް ބަރަކާތެއް އެކުލެވިގެން ނުވާކަމާއި، މަރުވުމުން އެފައިސާ އަކީ އެމީހާއާއި އެކީ ނަރަކައަށް ގެންދެވޭ އެއްޗަކަށްވެދެއެވެ. ހެޔޮ ޢަމަލު ކުރާ މީހުންގެ ފާފަތައް ﷲ ތަޢާލާ ފުއްސަވާ ދެއްވައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...