ރާއްޖޭގެ ޚަބަރުދަރުސް ޚަބަރު

ޙަޞަދަވެރީންގެ ހިތަކަށް ދުވަހަކުވެސް ހަަމަޖެހުމެއް ނުލިބޭނެ: ޝެއިޚް ރިމާޒް

Viyaafaariga Dhogu Hadhaa Olhuvaa Laagen Echehi Vikka Nama Viyafaaryga Allah Thala Barakaai Nulavvaane: Sheikh Rimaaz

ޙަޞަދަވެރީންގެ ހިތަކަށް ދުވަހަކުވެސް ހަމަޖެހުމެއް ނުލިބޭނެ ކަމަށް އައްޝައިޚް އަޙްމަދު ރިމާޒް ވިދާޅުވެއްޖެއެވެ.

ޝެއިޚް މިހެން ވިދާޅުވެފައިވަނީ ރަބީޢުލްޤުލޫބި ފައުންޑޭޝަނުން ކުރިއަށް ގެންދަވާ ދަރުސް ސިލްސިލާ ކަމުގައިވާ އައްނިދާއުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މީގެ އިތުރުން ޙަޞަދައިގެ ސަބަބުން މީހަކަށް ނިޢުމަތެއް، ހެޔޮ ކަމެއް ލިބޭއިރަށް އެހެންމީހުންގެ ހިތުގައި އެކަމުގެ މައްޗަށް ނަފްރަތު އުފެދި ހިތުގެ ހަމަޖެހުން ގެއްލި، މާޔޫސްވެ ހިތް ނުތަނަވަސްވެއެވެ. މިސާލަކަށް މީހަކަށް މަތީ މަޤާމެއް ލިބުމުން، އުފާ ފާގަތި ދިރިއުޅުމެއް ލިބުމުން، މީހެއްގެ ދިރިއުޅުން ކުރިއަރާތަން ފެނުމުން މިފަދަ ކަންތައްތައް ފެނުމުން އެފަދަ އިޙްޞާސް ތަކެއް މީހަކަށް ކުރެވޭނަމަ އެއީ ވަރަށް ނުބައި ވަބާއެއްގެ ސަބަބުން ވާކަމެކެވެ.

އަދި ހަމަ އެހެންމެ ޙަޞަދައިގެ ސަބަބުން ލަޢުނަތް ލެއްވިގެންވާ އިބިލީސް ﷲ ތަޢާލާގެ ދަރުބާރުން ބޭރުކުރެވުނެވެ. އަދި ޙަޞަދައިގެ ސަބަބުން މި ބިންމަތީގައި އެންމެ ފުރަތަމަ ލޭއޮހޮރުވުމެއް ހިނގާ ދިޔައެވެ. ޙަޞަދަވެރީންގެ ހިތަކަށް ދުވަހަކުވެސް ހަމަޖެހުމެއް ނުލިބޭނެއެވެ. މީގެ އިތުރުން ﷲގެ ފަޞްލަވަންތަ ކަމުން އަޅުންނަށް ތަކެތި ދެއްވާކަމެވެ. އެމީހުން ހިތްހަމަޖެހޭނެ ހަމައެކަނި ވަގުތަކީ މީހަކަށް ލިބިފަައިވާ ނިޢުމަތެއް އެމީހެއްގެ އަތުން ބީވެގެންދާތަން ފެންނަ ވަގުތެވެ.

އިމާމް އިބްނު ޤައްޔިމް ވިދާޅުވެފައިވެއެވެ. ޙަޞަދަވެރީންނަކީ އިބިލީސް ފަދަ ބައެކެވެ. ޙަޞަދަވެރީންގެ ކިބައިން ސަލާމަތްވާން ބޭނުންނަމަ ވިސްނަން ޖެހޭނެ ކަންކަމަކީ ﷲ ތަޢާލާގެެ ފަރާތުން ރައްކާތެރިކަމަށް އެދުމާއި ސަބަބުތަކުގައި ހިފުމެވެ. އެގޮތުން އިސްލާމް ދީނަށް ރައްކާތެރިވުމާއި އިސްލާމީ ޝަރީޢަތައް ރައްކާތެރިވުމާއި ﷲ ތަޢާލާގެ އަމުރުފުޅުތަކާއި ނަހީކުރެއްވި ކަންކަމާއި ދުރުވުމެވެ. އަދި ﷲ ތަޢާލާގެ ޙަޟްރަތުން ރައްކާތެރިކަމަށް އެދި ހެނދުނާއި ހަވީރުގެ ޛިކުރުތައް ކިޔުމެވެ.

ޝެއިޚްގެ ވާހަކަފުޅު ނިންމަވާލައްވަމުން އަޅުގަނޑުމެންގެ ހިތްތަކުން ޙަޞަދަވެރިކަން ފިއްލެވުމަށް އެދި ދުޢާ ކުރެއްވިއެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *