ރާއްޖޭގެ ޚަބަރު ޙަލާލު އިންޑަސްޓްރީއަށް ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ސެޝަންތަކެއް ބާއްވައިފި

ޙަލާލު އިންޑަސްޓްރީއަށް ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ސެޝަންތަކެއް ބާއްވައިފި

Halal Industry ah Heyluntherikan Ithuru Kurumuge Gothun Session thakeh Baavvaifi

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޙަލާލު އިންޑަސްޓްރީއަށް ޢާއްމުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން މަޢޫލޫމާތު ދެއްވުމުގެ ސެޝަންތަކެއް ބާއްވަވައިފިއެވެ.

މިސެޕްޓެމްބަރު މަހުގެ 5 ވަނަ ދުވަހުގެ ރޭ 20:30 ން 21:30 އަށް ބޭއްވުނު މިސެޝަން ތަކަކީ މޯލްޑިވްސް ސެންޓަރ ފޯރ އިސްލާމިކް ފައިނޭންސް އާއި ދެކުނު އޭޝިޔާގައި އިސްލާމީ އިޤްތިޞާދު ކުރިއެރުއްވުމަށް މަސައްކަތް ކުރައްވާ ސައުތު އޭޝިއަން އިންސްޓްޓިޔުޓު ފޯރ އިސްލާމިކް ފައިނޭންސް ގުޅިގެން ބާއްވަވާފައިވާ މަޢުލޫމާތު ދެއްވުމުގެ ސެޝަން ތަކެކެވެ. މިސެޝަނުތަކަކީ ޢާއްމުކޮށް ހުޅުވާލެވިގެން ބޭއްވިފައިވާ ސެޝަން ތަކެކެވެ.

މޯލްޑިވްސް ސެންޓަރ ފޯރ އިސްލާމިކް ފައިނޭންސިން ވިދާޅުވެފައިވާ ގޮތުގައި ޕްރޮގްރާމުގައި މުޅިއަކު 58 ފަރާތެއް ބައިވެރިވެވަޑައިގެންފައިވެއެވެ. މިސެޝަން ތަކުގެ ގަޑިތައް ނަންގަވާދެއްވާފައިވަނީ  ޙަލާލު އިޤްތިޞާދުގެ ދާއިރާގެ އިސް މާހިރެއް ކަމުގައިވާ އިބްރާހީމް ދީދީއެވެ. މިސެޝަނުގައި ޙަލާލު އިންޑަސްޓްރީގެ ތަޢާރަފަށާއި، ޙަލާލު ތަކެތީގެ މުހިއްމުކަމާއި، ޙަލާލު އިންޑަސްޓްރީ އާއި ގުޅުން ހުރި ބައެއް މައްސަލަތަކަށް ބަލާލެވިފައިވެއެވެ.

މޯލްޑިވްސް ސެންޓަރ ފޯރ އިސްލާމިކް ފައިނޭންސަކީ 2016 ވަނަ އަހަރު ދިވެހި ރާއްޖޭގެ އިސްލާމީ އިޤްތިޞާދުގެ އިންޑަސްޓްރީއާއި ބައިނަލް އަޤްވާމީ އިޤްތިޞާދީ މާކެޓުތަކާއި ގުޅުވައިދިނުމުގެ މަޤްޞަދުގައި އުފައްދަވާފައިވާ ކޮމްޕެނީއެކެވެ.

އިސްލާމީ އިޤްތިޞާދާއި ގުޅޭ މަޢުލޫމާތާއި، މިކަމާއި ގުޅޭ ގޮތުން ބޭއްވޭ ބައެއް ކޮންފަރެންސްތައް މިކުންފުނީގެ ފޭސްބުކް ޞަފްހާއިން ލިބިވަޑައިގަންނަވާނެއެވެ.

ޓެގް

ސައުތު އޭޝިއަން އިންސްޓްޓިޔުޓު ފޯރ އިސްލާމިކް ފައިނޭންސް މޯލްޑިވްސް ސެންޓަރ ފޯރ އިސްލާމިކް ފައިނޭންސް އިސްލާމީ ފައިނޭންސް އިސްލާމީ އިޤްތިޞާދު ދިއިސްލާމް އިސްލާމިކް ފައިނޭންސް ދިވެހިން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.