ރާއްޖޭގެ ޚަބަރު މީޑީޔާ ކައުންސިލުގެ ފަރާތުން ނޫސްވެރިކަން ދަސްކޮށްދޭ ޕްރޮގްރާމެއް ފަށަނީ

މީޑީޔާ ކައުންސިލުގެ ފަރާތުން ނޫސްވެރިކަން ދަސްކޮށްދޭ ޕްރޮގްރާމެއް ފަށަނީ

Media Councilge Faraathun Noosverikan Dhaskohdhey Programeh Fashani

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ދިވެހި ރާއްޖޭގެ މީޑިޔާ ކައުންސިލުގެ ފަރާތުން ނޫސްވެރިކަން ދަސްކޮށްދޭ ޕްރޮގްރާމެއް ފެއްޓެވުމަށް ހަމަޖައްސަވައިފިއެވެ.

"ނޫސްވެރިކަމުގެ އަސާސީ ޕްރޮގްރާމު" މިނަމުގައި ކުރިއަށް ގެންދެވޭ މިޕްރޮގްރާމަކީ ނޫސްވެރިކަމަށް އަލަށް ވަންނަވާ ފަރާތްތަކަށް އަމާޒު ކުރެވިގެން ރޭވިފައިވާ ޕްރޮގްރާމެކެވެ. މިގޮތުން މިޕްރޮގްރާމުގައި ކިޔަވައިދެއްވާނީ ރާއްޖޭގެ ތަޖުރިބާކާރު ބޭފުޅުން ކަމަށާއި، މިޕްރޮގްރާމު ކުރިއަށް ގެންދެވުމަށް ހަމަޖައްސަވާފައިވަނީ މުޅިން ހިލޭ ކަމަށް އެފަރާތުން މަޢުލޫމާތު ދެއްވައެވެ.

މޯލްޑިވްސް މީޑިޔާ ކައުންސިލުން ވިދާޅުވާ ގޮތުގައި މިޕްރޮގްރާމު ކުރިއަށް ގެންދެވޭނީ އިންޓަނެޓު މެދުވެރިކޮށެވެ. 16 ސެޕްޓެމްބަރު 2020 އިން ފެށިގެން 1 ހަފްތާގެ މުއްދަތަކަށް ކުރިއަށް ގެންދެވުމަށް ހަމަޖެހިފައިވާ މިޕްރޮގްރާމުގައި ބައިވެރިވެލެއްވުމަށް ހުށައެޅޭނެ އެއްމެ ފަހުގެ ތާރީޚަކީ 10 ސެޕްޓެމްބަރު 2020 އެވެ.

މިޕްރޮގްރާމުގައި ބައިވެރވެލައްވަން ބޭނުންފުޅުނަމަ މިލިންކުގައިވާ ގޫގުލް ފޯމު ފުުރުއްވާށެވެ.

ޓެގް

މޯލްޑިވްސް މީޑިޔާ ކައުންސިލް ދިވެހިން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.