އިސްލާމްދީނާއި ފުށުއަރާ ބައެއް ވާހަކަތައް އުތެމައިގެ ރިޕޯޓުގައި ހިމެނޭ ކަމަށާއި، އެކަންތައްތައް އިޞްލާޙު ކުރުމަށް އެޖަމްޢިއްޔާއަށް މިހާރު ނަޞޭޙަތް ދެވިފައިވާ ކަމަށް އިސްލާމިކް މިނިސްްޓްރީން ވިދާޅުވެއްޖެއެވެ.
މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ އަޙްމަދު ޒާހިރު މިހެން ވިދާޅުވެފައިވަނީ ވީޓީވީގެޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅެއްގައެވެ. މިނިސްޓަރ ވިދާޅުވެފައިވާ ގޮތުގައި ދީނާ ފުށުއަރާ ވާހަކައެއް ދެކެވިއްޖެނަމަ، އެއީ ކޮންމެ ފަރާތަކަށްވިޔަސް، ފުރަތަމަ ޢަމަލު ކުރެވޭ ގޮތަކީ އެކަމަކާއި މެދު ނަޞޭޙަތް ދީ، އެކަމެއް ރަގަޅު ކުރުމަށް އެންގުމެވެ.
"އިސްލާމް ދީނަށް ފުށުއަރާ ފަދަ ވާހަކަތަކެއް ދައްކައިފިނަމަ އެއީ މިނިސްޓްރީގެ ޒިންމާއެއް، އެ ބޭފުޅުންނާ ވާހަކަ ދައްކައިގެން އެ ބޭފުޅުންނަށް ނަސޭޙަތްދީ، ކިޔައިދީ އެ ހުރި ކަންތައް އިސްލާޙު ކޮށް ދިނުން. އިސްލާމް ދީނަށް ފުށުއަރާ އެއްވެސް ކަމެއް ފެނިއްޖެނަމަ އަޅުގަނޑުމެން ހަމަ އެ މޭރުމުން ކަންތައް ކުރާނީ."
މިހެންކަމުން އުތެމަ ޖަމްޢިއްޔާއަށްވެސް ވަނީ ނަޞޭޙަތް ދެވިފައި ކަމަށާއި، އިސްލާމް ދީނަށް ފުރައްސާރަ ކޮށްފައިވާނަމަ އަދަބު ދިނުމުގެ މަސްއޫލިއްޔަތު އެމިނިސްޓްރީއާއި ޙަވާލުވެފައި ނުވާކަމަށްވެސް ވިދާޅުވިއެވެ. އަދި މިނިސްޓްރީއަށް އޮތް ކަމަކީ އެފަދަ ކަމެއް ހިނގުމުން ކަމާބެހޭ ފަރާތްތަކަށް ހުށައެޅުން ކަމަށާއި، އެގޮތުގެ މަތިން އެމްޑީއެން ރިޕޯޓު ނެރުނު މީހުންނަށްވެސް ފުލުހުން ފިޔަވަޅު އެޅުއްވުމުގެ މަސައްކަތް ކުރައްވާނެކަމަށް ޤަބޫލުކުރައްވާ ކަމަށްވެސް ވިދާޅުވެފައިވެއެވެ.
އުތެމައިގެ ރިޕޯޓުގައި ދީނާއި ޚިލާފު ބައެއް ވާހަކަ ހުރުމާއި އެކު، އަދި އެމްޑީއެންގެ ރިޕޯޓަށް ތާއީދުކުރާ ކޮށްފައިވުމުގެ ސަބަބުން ގިނަ ކައުންސިލުތަކާއި، ޖަމްޢިއްޔާ ޖަމާޢަތްތަކުން ގެންދަވަނީ އެޖަމްޢިއްޔާއަށް ފިޔަވަޅު އެޅުމަށް ގޮވާލައްވަމުންނެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...