ރާއްޖޭގެ ޚަބަރު

އުތެމަ ޖަމްޢިއްޔާއާއި އިދިކޮޅަށް ވަށަފަރު ކައުންސިލުން ބަޔާނެއް ނެރުއްވައިފި

Uthema Jamiyya aai Idhikolhah Vashafaru Councilun Bayaaneh Neruvvaifi

ދިވެހި ރާއްޖޭގައި ރަޖިސްޓްރީ ކުރެވިގެން ހިންގަމުންދާ މަދަނީ ޖަމްޢިއްޔާއެއްކަމަށްވާ އުތެމައާއި އިދިކޮޅަށް ވަށަފަރު ކައުންސިލުން ބަޔާނެއް ނެރުއްވައިފިއެވެ.

ވަށަފަރު ކައުންސިލުން މިބަޔާން ނެރުއްވާފައިވަނީ އެމްޑީއެންގެ ދީނާއި ޚިލާފު ވާހަކަތަކެއް އެކުލެވިފައިވާކަން ފުލުހުންގެ ތަޙްޤީޤުން ޘާބިތުވެފައި ވަނިކޮށް، އުތެމަ ޖަމްޢިއްޔާއިން އދގެ ސީޑޯއަށް ފޮނުވި ރިޕޯޓެއްގައި އެމްޑީއެންގެ ރިޕޯޓަށް ތާއިދުކޮށްފައިވާ ދަނޑިވަޅެއްގައެވެ.

މިގޮތުން ކައުންސިލުން ނެރުއްވާފައިވާ ބަޔާނުގައިވާ ގޮތުން މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯރކުން “ޕްރިލިމިނަރީ އެސެސްމެންޓް އޮންޑް ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް” ގެ ނަމުގައި އާންމުކުރި ރިޕޯޓުގައި އިސްލާމްދީނަށް ފުރައްސާރަ މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯރކުން “ޕްރިލިމިނަރީ އެސެސްމެންޓް އޮންޑް ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް” ގެ ނަމުގައި އާންމުކުރި ރިޕޯޓުގައި އިސްލާމްދީނަށް ފުރައްސާރަ ކޮށްފައިވާކަން ރާއްޖޭގެ ކަންކޮޅުތަކުގައި ތިއްބެވި އެކިއެކި ޢިލްމުވެރިންގެ ބަސްފުޅުތަކުންނާއި، އިސްލާމިކް މިނިސްޓްރީގެ ބަޔާނުންނާއި، ފުލުހުންގެ ތަޙްޤީޤުންވެސް ވަނީ ސާބިތުވެފައެވެ. އަދި މިކަމާއި ވިދިގެން މުޅި ރާއްޖޭގެ ރައްޔިތުން، އެކިސިފަސިފާގައި ކައުންސިލުތަކާއި ޖަމްޢިއްޔާތައް ޝާމިލުވާނެފަދައިން އަޑު އުފުލާ އިހްތިޖާޖު ކުރުމުގެ ސަބަބުން، 2019 ޑިސެމްބަރ 19 ވަނަ ދުވަހު ދިވެހި ސަރުކާރުން ވަނީ އެ ޖަމްޢިއްޔާ އުވާލައިފައެވެ.

މިބަޔާނުގައި އިތުރަށް ފާހަގަކުރައްވާފައިވާ ގޮތުގައި އުތެމަ ޖަމްޢިއްޔާ އިން ޖެނީވާގައި އޮންނަ ސީޑޯ ކޮމިޓީގެ 76 ވަނަ ބައްދަލުވުމަށް ހުށަހަޅާ ރިޕޯޓުގައި އެމް.ޑީ.އެންގެ ރިޕޯޓް ބަލައިގަނެ އެރިޕޯޓްގައި ފާހަގަކޮށްފައިވާ، ދީނީގޮތުން ހައްދުފަހަނަ އަޅައިދިއުމުގެ ނުރައްކާތެރިކަމުގެ މައްޗަށް ހަޤީގަތާއި ހިލާފަށް އެކުލަވާލާފައިވާ ކަންކަންބަލައިގަނެ، އެކަންކަމާ ދޭތެރޭގައި ފިޔަވަޅު އެޅުމަށް ގޮވާލާފައިވުމީ އަދި މާބިރުވެރި، އެހާމެ ނުރައްކާތެރި ކަމެކެވެ.

"ދިވެހިރާއްޖޭގެ ރައްޔިތުންނަކީ ހިތުން ރުހުމުން އިސްލާމްދީން ބަލައިގަނެ، އެދީނުގެ މަތިވެރިކަމާއި ފުރިހަމަކަން އެނގި، އެދީނުގެ ހިމާޔަތުގައި ވާންޖެހުނު ކޮންމެ ޤުރުބާނީއެއް ޖާނާއި މާލުން ވުމަށް ތައްޔާރަށްތިބި ބައެއްކަން ވެސް މި ފުރުޞަތުގައި ހަނދުމަކޮށް އަރުވަމެވެ. އެހެންކަމުން އަޅުގަނޑުމެން ގޮވާލަނީ، އެމް.ޑީ.އެންގެ ރިޕޯޓް ތަޙްޤީގުކުރި އުސޫލުން އުތެމައިގެ ރިޕޯޓުވެސް ތަހުޤީޤުކޮށް، މިކަމުގައި ޝާމިލުވާ އެންމެހައި ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އެޅުމަށެވެ. އަދި މިފަދަ ނަފްރަތްތެރި ޢަމަލުތައް ހިންގާ މަދަނީޖަމާޢަތްތަކާމެދު ޤާނޫނީގޮތުން އަޅަންޖެހޭ އެންމެ ހަރުކަށި ފިޔަވަޅު އެޅުމުގައި ފަސްނުޖެހުމަށް ދިވެހިރާއްޖޭގެ ވެރިންނާއި ކަމާބެހޭ މުއައްސަސާތަކަށް އަޅުގަނޑުމެން އިލްތިމާސްކުރަމެވެ." އެބޭފުޅުންގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.

ވަށަފަރު ކައުންސިލުން އިތުރަށް ވިދާޅުވެފައިވާ ގޮތުގައި މީގެ އެތައްސަތޭކަ އަހަރެއްގެކު ކުރިންސުރެ ފެށިގެން މިލޮބުވެތި ދިވެހި ޤައުމުގައި ދެމިއޮތް އިސްލާމީ ހިދާޔަތުގެ ނޫރުފަނޑުކޮށްލާ ނިވާލުމަކީ، ވަށަފަރު ކައުންސިލާއި، ވަށަފަރުގެ ލޮބުވެތި ރައްޔިތުން ފަހަރެއްގައިވެސް އެދޭނެ ކަމެއް ނޫންކަމަށެވެ. އަދި ދިވެހި ޤައުމުގެ ލޮބުވެތި ފަސްގަނޑުން ލާދީނީ ފިކުރު ހިންގާ ފަރާތްތަކަށް ފުރުސަތު ނުދެއްވުމަށް ކަމާބެހޭ އެންމެހާ ފަރާތްތަކަށް ގޮވާލާކަމަށްވެސް މިބަޔާނުގައިވެއެވެ. އަދި މިފަދަ ޖަރީމާތައް ހިންގާ ފަރާތްތަކުގެ ޙަރަކާތްތައް މިހާރުން މިހާރަށް ހުއްޓުވާ އެފަރާތްތަކަށް ޤާނޫނުންލިބިދޭ އެންމެ ހަރުކަށި، ޙައްޤު އަދަބު ދިނުމަށް ވެސް ކަމާބެހޭ އެންމެހައި މުއައްސަސާތަކަށް ގޮވާލާކަމަށްވެސް ވަށަފަރު ކައުންސިލުން ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވެއެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *