ދަރުސް ޚަބަރު ﷲ ސުބްހާނަހޫ ވަތަޢާލާގެ ލޯބިވޮޑިގަތުން ހޯދުމަށްޓަކައި ގިނަގިނައިން ތައުބާވެ އިސްތިޣްފާރު ކުރުން ގިނަކުރޭ: މުފްތީ މެންކް

ﷲ ސުބްހާނަހޫ ވަތަޢާލާގެ ލޯބިވޮޑިގަތުން ހޯދުމަށްޓަކައި ގިނަގިނައިން ތައުބާވެ އިސްތިޣްފާރު ކުރުން ގިނަކުރޭ: މުފްތީ މެންކް

Allah Subhaanahu Vathalaa Ge Loabi Vodigathun Hoadhumah Takaa Gina Gina In Thaubaa Ve Isthighfaar Kuran Jehey: Mufthi Menk

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ﷲ ސުބްހާނަހޫ ވަތަޢާލާގެ ލޯބިވޮޑިގަތުން ހޯދުމަށްޓަކައި ގިނަގިނައިން ތައުބާވެ އިސްތިޣުފާރު ކުރުން ގިނަ ކުރުމަށް މުފްތީ މެންކް ވިދާޅުވެއްޖެއެވެ.

ގިނަގިނައިން ތައުބާވެ އިސްތިޣްފާރު ކުރަންވީ ﷲ ގެ ޢަޒާބަށް ވެގެން އެކަމަށް ބިރުން ނޫންކަމެވެ. އެއީ ﷲ ތަޢާލާ ލޯބިވޮޑިގަންނަވާ ޢަމަލަކަށް ވާތީ އާއި އެއީ އެމީހާގެ މައްޗަށް ރަހުމަތް ލައްވަވާ ކަމަކަށް ވާތީ ކަމަށް ޝެއިޚް ގެ ވާހަކަފުޅުގައި ވަނީ ބަޔާން ކުރައްވާފައެވެ.  އެހެންކަމުން ތިމާއަށް ދަތިކަމެއް ކުރިމަތި ވެފައި ވީ ނަމަވެސް، ދަތި ކަމެއް ކުރިމަވެފައި ނެތް ނަމަވެސް ތައުބާވެ އިސްތިޣްފާރު ކުރަން ޖެހެއެވެ.

އަދި ހަމަ އެހެންމެ މީސްތަކުން ﷲ ތަޢާލާގެ މަގުގައި ސާބިތުވެ ތިބިހައި ހިނދަކު އެބައެއްގެ މައްޗަށް ﷲ ތަޢާލާ ޢަޛާބު ފޮނުއްވާނެ ކަމަށް ޤަބޫލު ކުރުމެއް ނެތްކަމުގައެވެ. އަދި ގިނަ ބައެއްގެ ނުބައި ޢަމަލުތަކުގެ ސަބަބުން މުއުމިނަކަށް ގެއްލުންވި ނަމަވެސް އެއީ އެމުއުމިނަކަށް ލިބޭ ރަޙްމަތެއް ކަން ހަނދާން ކުރަން ޖެހެއެވެ.

ނިންމާލަމުން ވިދާޅުވެފައި ވަނީ  ބުއްދިވެރީންނަކީ ފުރުޞަތު އަތުން ގެއްލި ނުދަނީސް ފުރުޞަތުގެ ބޭނުން ހިފާ މީހުން ކަމަށާއި ފުރުޞަތު ގެއްލި ނުދަނީސް އެ ފުރުޞަތުގެ ބޭނުން ހިފުމަށް ނަސޭހަތްތެރި ވެވަޑައިގަތެވެ.

ޓެގް

ދަރުސް ޚަބަރު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.