ރާއްޖޭގެ ޚަބަރު

މާލްދީފް.ކޮމް އިން ޢަރަބި ދުނިޔެއަށް ދިވެހިރާއްޖެ ޕްރޮމޯޓު ކުރުމަށް ބޮޑު ޕްރޮޖެކްޓެއް!

Maaldif.com in Arabi Dhuniyeah Dhivehi Raajje Promote Kurumah Bodu Project eh!

މާލްދީފް.ކޮމްގެ ނަމުގައި ޢަރަބި ބަހުން ދިވެހި މައުޟޫޢުތައް ހިމެނޭ ވެބްސައިޓެއް ފެއްޓެވުމަށް މާލްދީފް ގްރޫޕުން ނިންމަވައިފިއެވެ.

މާލްދީފް ގްރޫޕަކީ ރާއްޖޭގެ ކުރީގެ އިސްލާމިކް މިނިސްޓަރ، ޑރ ޝަހީމުގެ ޗެއާ ޕާރސަންކަމުގެ ދަށުން ހިންގާ ކުންފުންޏެކެވެ. މިގޮތުން ޑރ ޝަހީމު މިއަދު ކުރައްވާފައިވާ ޓްވީޓެއްގައި ވާގޮތުގައި، "މާލްދީފް.ކޮމް" މިސައިޓަކީ ދިވެހި ރާއްޖޭގެ ފަރާތުން ޢަރަބި ދުނިޔެއަށް ޚާއްޞަ ކުރެވިފައިވާ، ދިވެހިރާއްޖޭގެ ފަތުރުވެރިކަމާއި ގުޅޭ ފުރަތަމަ ޢަރަބި ސައިޓެވެ. މީގެއިތުރުން މިވެބްސައިޓުގައި ރާއްޖޭގެ ރަށްރަށާއި، ތަންތަނާއި ބެހޭ މަޢުލޫމާތާއި، ފޮޓޯ ހިމެނިފައިވާނޭ ކަމަށް މާލްދީފް ވެބްސައިޓުގެ އޮފިޝަލަކު ދިއިސްލާމަށް މަޢުލޫމާތު ދެއްވާފައިވެއެވެ.

"އަމާޒަކީ ގިނަ އަދަދެއްގެ އަރަބިންގެ ހިއްގައިމު މަންޒިލަކަށް ރާއްޖެ ހަދައި ރައްޔިތުންނަށް ދިމާވެފައިވާ އިގްތިސާދީ ދަތިކަމުން އަރައިގަތުމަށް އެހީވުން،" މާލްދީފް ގުރޫޕުން ވިދާޅުވެފައިވެއެވެ. މިބޭފުޅުން އިތުރަށް ވިދާޅުވެފައިވާ ގޮތުގައި އަރަބި ދުނިޔޭގެ އެންމެ އާދައިގެ މީހާއަށް ވެސް އޭނާގެ އަމިއްލަ ބަހުން ރާއްޖެއާއި ރާއްޖޭގެ ޓޫރިޒަމާބެހޭ މައުލޫމާތު ފަސޭހައިން ލިބޭނެ ގޮތް ވެއްޖެނަމަ ރާއްޖެއަށް އަރަބީންގެ ގިނަ އަދަދެއްގެ ޓޫރިސްޓުން އަންނާނެ ކަމަށެވެ.

މާލްދީފް ގްރޫޕުން ޚަބަރު ދެއްވާ ގޮތުގައި ރާއްޖޭގެ ރިސޯޓުތަކާއި ގެސްޓް ހައުސްތަކާއި ރެސްޓޯރަންޓްތަކާއި، ރާއްޖޭގެ ރަށްތަކާއި ރާއްޖޭގެ ހުރިހާ ކަމެއް އަރަބި ދުނިޔެއަށް ފޯރުކޮށްދިއްވުމުގެ މަސައްކަތް ލޯންޗު ކުރެވިގެން ދާނީ އަރަބި ފޮލޯވަރުންނާއެކުއެވެ. އަދި ރާއްޖެއާއި ރާއްޖޭގެ ޓޫރިޒަމް ސިނާއަތް ޕްރޮމޯޓްކޮށް މާކެޓްކޮށްދިނުމަށް ސޯޝަލްމީޑިއާގެ ހުރިހާ ޕްލެޓްފޯމެއް ބޭނުންކުރައްވާނެ ކަމަށާއި، އަދި އަރަބި ދުނިޔޭގެ އިންޓަނޭޝަނަލް ލިންކްތަކުގެ ބޭނުންވެސް ހިއްޕަވާނެކަމަށް އެބޭފުޅުން ވިދާޅުވެއެވެ.

ރާއްޖޭގެ ފުރަތަމަ ޢަރަބި ވެބްސައިޓު ކަމަށްވާ މާލްދީފް.ކޮމް އަދި، މިސައިޓާއި ގުޅޭ ސޯޝަލް މީޑިޔާ ޕްލެޓްފޯރމުތައް ލޯންޗުކުރުމަށް ހަމަޖެހިފައިވަނީ މިޖުލައިމަހުގެ 15 ވީ ބުދަ ދުވަހު، ރާއްޖޭ ގަޑިން ހަވީރު 4 ޖަހާއިރުއެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *