ރާއްޖޭގެ ޚަބަރު ރޭޕް ކުރުމާއި، ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމަކީ ބޮޑެތި ކުށް ކަމުގައި ކަނޑައެޅިއްޖެ

ރޭޕް ކުރުމާއި، ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމަކީ ބޮޑެތި ކުށް ކަމުގައި ކަނޑައެޅިއްޖެ

Rape Kurumai Kudakudhinnah Jinsee Goana Kurumaky Bodethi Kuh Kamugai Kanda Elhihje

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ރޭޕްކުރުމާއި ކުޑަކުދިންނާއި ޖިންސީ ގޯނާ ކުރުމަކީ ބޮޑެތި ކުށުގެ ތެރެއިންވާ ކަންކަން ކަމުގައި ރައްޔިތުންގެ މަޖްލިހުން ފާސްކުރައްވައިފިއެވެ.
ޖިނާއީ އިޖުރާއާތުގެ ބިލަށް އިޞްލާޙު ގެނައުމަށް ސަރުކާރުގެ ފަރާތުން މަތިވެރި ދާއިރާގެ މެމްބަރު ޙަސަން ޒަރީރު ހުށައެޅުއްވި ބިލުގައި ޖިނާއީ ބޮޑުކުށުގެ ތެރޭގައިވަނީ 11 ކުށެއް ހިމަނުއްވާފައެވެ.
ޖިނާއީ އިޖުރާއާތުގެ ޤާނޫނުގެ ބިލް މަޖްލިހުގެ ބިލް ކޮމިޓީން ފާސްކޮށްފައިވަނީ މިޖޫން މަހުގެ 9 ވަނަ ދުވަހުގައެވެ. މިބިލަށް މަޖްލިހުގެ ތަޅުމުގައި އިއްޔެ ވޯޓު ނެގިއިރު، ވޯތުގައި ބައިވެރިވެވަޑައިގަތް މެންބަރުންގެ 58 ވޯޓު ވަނީ މިބިލަށް ލިބިފައެވެ.
މިޤާނޫނުގެ ދަށުން ބޮޑު ކުށުގެ ގޮތުގައި ނިންމިފާއިވާ 11 ކުށަކީ ރޭޕް ކުރުމުގެ ކުށާއި، ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ކުށާއި، މީހުން މެރުމާއި، މަނީ ލޯންޑަރިންގ އަދި ޓެރަރިޒަމުގެ ކުށާއި، ޓެރަރިޒަމުގެ ޢަމަލުތަކަށް ޚަރަދު ކުރުމުގެ މީގެ އިތުރުން މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ކުށާއި، ޓެކްސް ދެއްކުމުން އެއްކިބާވުމުގެ ކުށުގެ އިތުރުން އިންސާނުން ޓްރެފިކް ކުރުމުގެ (އިންސާނުން ގަނެ ވިއްކުމުގެ ނުވަތަ ހަށިވިއްކުން ފަދަ އެބައިމީހުން ލައްވާ ގަދަކަމުން މަސައްކަތް ކޮށް އެކަމުން ފައިސާ ހޯދުމުގެ) ކުށާއި، ކޮރަޕްޝަންގެ ކުށުގެ އިތުރުން އެއްލައްކަ އަށްވުރެ މަތީ ފައިސާގެ އަދަދު ހިމެނޭ ކުށްތަކެވެ.

ޓެގް

ދިއިސްލާމް ރައްޔިތުންގެ މަޖިލިސް ސަރުކާރު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.