ވަގުތަކީ އަޅުގަނޑުމެންނަށް ލިބިފައި އޮތް ވަރަށް އަގުބޮޑު ނިއުމަތެއް ނަމަވެސް ވަރަށް ގިނަ އިންސާނުން ވަނީ މިނިޢުމަތާއި މެދު ޣާފިލު ވެފައި ކަމަށް އައްޝައިޚް މުހައްމަދު މުސްތަފާ ވިދާޅުވިއެވެ.
އައްޝައިޚް މުހައްމަދު މުސްތަފާ މިހެން ވިދާޅުވެފައި ވަނީ ރަބީޢުލް ޤުލޫބި ފައުންޑޭޝަނުން ކުރިއަށް ގެންދަވާ ސިލްސިލާ ދަރުސެއް ކަމުގައިވާ ކަލިމައިގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިވީޑިއޯގައި އިތުރަށް ވާހަކަފުޅު ދައްކަވަމުން ޝައިޚު ވިދާޅުވީ ވަގުތުގެ މާތް ކަމާބެހޭ ބެހޭ ގޮތުން ﷲ ސުބުހާނަހޫ ވަތަޢާލާ ޤުރުއާނުގައި ވަހީ ކުރައްވާފައި ވަނީ ގިނަ އިންސާނުން ވަނީ ހަލާކެއްގެ ތެރޭގަ ކަމަށެވެ. އަދި ހަމަ އެއާއެކު ﷲ ވަހީ ކުރައްވާފައިވެއެވެ 4 ކަމެއް ކޮށްފި މީހަކު ކާމިޔާބު ވެއްޖެއެވެ.
އެގޮތުން ﷲ އަށް އީމާން ވުމާއި، ﷲ އަމުރު ކުރެއްވި ކަންކަން ކުރުމާއި ނަހީ ކުރެއްވި ކަންކަމުން ދުރުވުމަށާއި، ދީނުން އެމީހަކަށް އެނގޭ މިންވަރެއް މީސްތަކުންނަށް ފޯރުކޮށް ދިނުމަށާއި ކެތްތެރިވުމަށެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...