ރާއްޖޭގެ ޚަބަރު 7 ރަށެއްގައި މިސްކިތުގައި ނަމާދު ނުކުރެވޭ މުއްދަތު އިތުރުކޮށްފި

7 ރަށެއްގައި މިސްކިތުގައި ނަމާދު ނުކުރެވޭ މުއްދަތު އިތުރުކޮށްފި

7 Rashehga Miskithuga Namadhu Nukurevey Muhdhathu Ithuru Kohfi

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ރާއްޖޭގެ 7 ރަށެއްގައި މިސްކިތުގައި ނަމާދު ނުކުރެވޭ މުއްދަތު އިތުރުކޮށްފިއެވެ.

މިސްކިތުގައި ނަމާދު ނުކުރެވޭ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ ކޯވިޑް 19 ފެތުރުމުގެ ސަބަބުން ހެލްތު ޕޮރްޓެކްޝަން އޭޖެންސީއިން މޮނިޓަރިންގް އަށް ލާފައިވާ ރަށްތަކާއި، މޮނިޓަރިންގ އުވާލުމަށްފަހު އަދި 14 ހަފްތާ ހަމަނުވާ ރަށްރަށުގައެވެ. މިގޮތުން މާލޭގެ އިތުރުން ށ.ނަރުދޫ އާއި ނ.މަނަދޫ، އަދި ހއ.ތަކަންދޫ، އާއި ށ.މިލަންދޫ އާއި، ކ.ހިންމަފުށި އަދި ކ.ތުލުސްދޫ މިރަށްރަށުގެ މިސްކިތްތަކުގައި ނަމާދު ނުކުރެވޭ މުއްދަތު ވަނީ މިއަންނަ ޖޫން މަހުގެ 11 ވަނަ ދުވަހުގެ ޢަޞްރު ނަމާދާއި ހިސާބަށް އިތުރުކުރައްވާފައެވެ.

މިކަން އިއުލާން ކުރައްވަމުން މިދިޔަ ބުރާސްފަތު ދުވަހު އިސްލާމިކް މިނިސްޓްރީން ނެރުއްވާފައިވާ ބަޔާނެއްގައި އަންގަވާފައިވަނީ މިސްކިތްތައް ނުހުޅުވޭ ރަށްރަށާއި ރިސޯޓުތަކުގައި މިހާރުވެސް ޢަމަލު ކުރެވެމުންދާ ގޮތުގައި މިސްކިތުގައި ހަމައެކަނި ބަންގި ގޮވުމަށާއި، އަދި ބަންގީގެ ފަހުގައި ދެފަހަރު صلوا في بيوتكم މިފަދައިން ކިޔުމަށެވެ.

މިދިޔަ އާދީއްތަ ދުވަހު ވަނީ މި 7 ރަށް ނޫން އެހެނިހެން ރަށްތަކުގައި ޖަމާޢަތުގައި ނަމާދު ކުރުމަށް ހުއްދަ ދެއްވާފައެވެ. އެހެނަސް އެރަށްތަކުގައި މިސްކިތް ހުޅުވާލެވިފައި ވީނަމަވެސް ޢަމަލު ކުރަންވީ ގޮތުގެ އުޞޫލުތަކެއް އިސްލާމިކް މިނިސްޓްރީންވަނީ އަންގަވާފައެވެ. މިގޮތުން މިނިސްޓްރީން ގެއިން މުޞައްލަ ގެންދިޔުމާއި، ގެއިން ވުޟޫކޮށްގެން ދިޔުމާއި، ޢުމުރުން ދުވަސްވީ އަދި ރޯގާގެ އަސަރު ހުރި ފަރާތްތަކުން މިސްކިތަށް ނުދިޔުމަށްވަނީ އަންގަވާފައެވެ.

ޓެގް

ލޮކްޑައުން ކޯވިޑް 19 ދިއިސްލާމް މިސްކިތް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.