ރާއްޖޭގެ ޚަބަރު މަޖްލިސް ހުޅުވޭނަމަ މިސްކިތްތައް ހުޅުވެންވާނެ: ޑރ ޢިޔާޟް

މަޖްލިސް ހުޅުވޭނަމަ މިސްކިތްތައް ހުޅުވެންވާނެ: ޑރ ޢިޔާޟް

Majlis Hulhuvenya Miskiyy Hulhuven Vaane Kamah Dr Iyaz Vidhalhuvejje

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މަޖްލިސް ހުޅުވޭނަމަ މިސްކިތްތައް ހުޅުވެންވާނޭ ކަމަށް ޑރ ޢިޔާޟް ވިދާޅުވެއްޖެއެވެ.

ބައެއްގެ ޕްރެޝަރ ބޮޑުވެގެން ބައެއް އެއްވުންތައް ބޭއްވުމަށް ހުއްދަ ދެވޭނަމަ ރައްޔިތުންގެ ޕްރެޝަރ އާއިއެކު މިސްކިތްތައް ހުޅުވަން ޖެހޭނެކަމަށް ޑރ ޢިޔާޟް ވިދާޅުވެފައިވަނީ މަޖިލިހުގެ ތަޅުމުގައި މަޖްލިހުގެ ޖަލްސާ ބޭއްވުމަށް އެޗްޕީއޭއިން އިއްޔެ ހުއްދަ ދެއްވުމުން ކުރެއްވި ޓްވީޓެއްގައެވެ.

"ޤާނޫނުގެ ކުރިމަތީގައި އެއްމެންވާން ޖެހޭނީ ހަމަހަމަ ބަޔަކަށް. ރައްޔިތުންގެ މަޖިލިހުގެ ރައީސަށް ވީމަ ވަކި ގޮތެއް މިކަމުގައި އޮވެގެން ނުވާނެ" ޑރ ޢިޔާޟް ޓްވީޓު ކުރައްވާފައިވެއެވެ.

މަޖިލިހުގެ ރައީސް މުޙައްމަދު ނަޝީދު މަޖިލިހުގެ ތަޅުމުގައި ޖަލްސާ ބޭއްވުމަށް ހަމަޖައްސާފައިވަނީ އެޗްޕީއޭއިން ހުއްދަ ދެއްވުމުގެ ކުރިންނެވެ. އެޗްޕީއޭއިން ހުއްދަ ދެއްވާފައިވިޔަސް ގިނަ މެންބަރުންތަކެއްވަނީ މިކަމަށް ނުރުހުން ފާޅު ކުރައްވާފައެވެ.

ޓެގް

ދިއިސްލާމް ސަރުކާރު ޝެއިޚް ދިވެހިން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.