ދިވެހިރާއްޖޭގެ ޔުނިވާރސިޓިއިން އޮންލައިންކޯށް ކިލާސްތައް ގެންދެވުމަށް ހަމަޖައްސަވައިފިއެވެ.
އިސްލާމިކް ޔުނިވާރސިޓިއިން އިއްޔެ ނެރުއްވާފައިވާ ނޯޓިސްއެއްގައި ވާގޮތުގައި ކޯވިޑް 19ގެ ސަބަބުން 1 މެއި އިން ފެށިގެން 15 ދުވަހަށް ޔުނިވާރސިޓީއިން ވަނީ ހުރިހާ ކިޔެވުމެއް ބަންދުކުރައްވާފައެވެ. އަދި ބަލީގެ ނުރައްކާތެރިކަން އިތުރުވެ، މުޅި ރާއްޖެ ފުރަބަންދަށް ދިޔުމުގެ ސަބަބުން ޙާލަތަށް ރިޢާޔަތްކުރައްވާ މިބަންދުގެ މުއްދަތުވަނީ މިމަހުގެ 28 އާއި ހަމައަށް އިތުރުކުރައްވާފައެވެ.
އެހެނަސް މިސެމިސްޓަރގެ ކިޔެވުން ދަރިވަރުންނަށް އެކުއެކީ ގެއްލިގެންނުދާނޭ ގޮތް ހަމަޖެއްސެވުމަށްޓަކއި މިމަހުގެ 29 ވަނަ ދުވަހުން ފެށިގެން އޮންލައިންކޮށް ކިޔަވައިދިނުން އަނެއްކާވެސް ކުރިއަށް ގެންދަވާނޭކަމަށް ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން ދަރިވަރުންނަށް ދިމާވެފައިވާ ދަތިތައް ރިޢާޔަތް ކުރައްވާ ހުރިހާ ކޯހެއްގެ ދަރިވަރުންގެ މިއަހަރުގެ ފީގެ 20% މަޢާފު ކޮށްދެއްވާފައިވާ ކަމަށްވެސް އިޢުލާން ކުރައްވާފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...