ރާއްޖޭގެ ޚަބަރު ފިޠުރު ޒަކާތުގެ ގޮތުގައި މާލޭ ސަރަޙައްދުން މިހާތަނަށް 690172 ރުފިޔާ ލިބިއްޖެ

ފިޠުރު ޒަކާތުގެ ގޮތުގައި މާލޭ ސަރަޙައްދުން މިހާތަނަށް 690172 ރުފިޔާ ލިބިއްޖެ

ފިޠުރު ޒަކާތުގެ ގޮތުގައި މާލޭ ސަރަޙައްދުން މިހާތަނަށް 690172 ރުފިޔާ ލިބިއްޖެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މިއަހަރުގެ ފިޠުރު ޒަކާތަށް އިއްޔެގެ ނިޔަލަށް 690172 ރުފިޔާ ލިބިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކުރައްވައިފިއެވެ.

އިސްލާމިކް މިނިސްޓްރީން މިކަން ހާމަކުރައްވަމުން ވިދާޅުވި ގޮތުގައި މިއަހަރުގެ ރަމަޟާން މަހުގެ މިހާތަނަށް 15947 ފަރާތަކުން ފިޠުރު ޒަކާތުގެ ރުފިޔާ މިނިސްޓްރީއިން ބަލައިގެންފައިވާކަމަށެވެ.

ރާއްޖޭގައި ހަލުވި ކަމާއިއެކު ފެތުރެމުންދާ ކޮރޯނާ ވައިރަހުގެ ސަބަބުން މިއަހަރު ފިޠުރު ޒަކާތުގެ ފައިސާ އިސްލާމިކް މިނިސްޓްރީއިން ބަލައިގަތުން ހަމަ ޖެހިފައިވަނީ އޮންލައިންކޮށެވެ. މިގޮތުން ބޭންކް އޮފް މޯލްޑިވްސްއާއި، މޯލްޑިވްސް އިސްލާމިކް ބޭންކާއި، ދިރާގު، އުރީދޫ، އަދި އުރީދޫ އެމް ފައިސާ މެދުވެރިކޮށް ޒަކާތް ދެއްކުމުގެ އިންތިޒާމުވަނީ ހަމަޖެހިފައެވެ.

ބޭންކް އިފް މޯލްޑިވްސްގެ ކަސްޓަމަރުންނަށް ބީއެމްއެލްގެ ވެބްސައިޓު މެދުވެރިކޮށް ޒަކާތަށް ފައިސާ ދެއްކެވުން ހަމަޖެހިފައިވާއިރު މޯލްޑިވްސް އިސްލާމިކް ބޭންކުގެ ކަސްޓަމަރުންނަށް ފައިސާ ދެއްކެވުން ހަމަ ޖެހިފައިވަނީ ފައިސާ ނެޓު އަދި ފައިސާ މޯބައިލް މެދުވެރިކޮށެވެ. އުރީދޫ މެދުވެރިކޮށް ޒަކާތް ދައްކަވަން ބޭނުންފުޅުވެލައްވާ ކަސްޓަމަރުން 19 މެއިގެ ކުރިން ޕްރީޕެއިޑުންނަމަ އެސްއެމްއެސް މެދުވެރިކޮށް، އަދި ޕޯސްޓު ޕެއިޑުންނަމަ އުރީދޫ އެމް ފައިސާ އެޕް މެދުވެރިކުރައްވާ ޒަކާތް ދެއްކެވޭނެއެވެ. އަދި ދިރާގު ބޭނުންފުޅު ކުރައްވާ ބޭފުޅެއްނަމަ ދިރާގު ޕޭ މެދުވެރިކުރައްވާ ޒަކާތް ދެއްކެވޭނެއެވެ.

ޒަކާތް ބަލައިގަތުމުގެ ފަހު ތާރީޚަކަށް އިސްލާމިކް މިނިސްޓްރީއިން މިއަހަރު ހަމަޖައްސަވާފައިވަނީ 28 ރަމަޟާން (21 މެއި) ވާ ބުރާސްފަތި ދުވަހެވެ. މިއަހަރުގެ ޒަކާތް ބެހުމަށް ހަމަޖެހިފައިވަނީ 2019 ވަނަ އަހަރު އެކުލަވާލެވުނު ފަޤީރުންގެ ލިސްޓުގައި ތިއްބެވި ބޭފުޅުންނަށެވެ. އެއީ މާލޭގެ ދަފްތަރުގައިވާ 1717 ފަރާތަކާއި، އަތޮޅުތެރެއިން 7047 ފަރާތެކެވެ.

ޓެގް

ދިއިސްލާމް ފިޠުރު ޒަކާތް ރޯދަ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.