ރާއްޖޭގެ ޚަބަރު މަރުގެ ހުކުމް ތަންފީޒު ކުރަންޖެހޭ ގޮތަށް ހުށަހެޅުއްވި އިސްލާހު އަނބުރާ ގެންދަވައިފި.

މަރުގެ ހުކުމް ތަންފީޒު ކުރަންޖެހޭ ގޮތަށް ހުށަހެޅުއްވި އިސްލާހު އަނބުރާ ގެންދަވައިފި.

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: ޝާހް

ހޯރަފުށީ ދާއިރާގެ މެމްބަރު، މައާފްފިނުމާއި އަދަބު ލުއިކޮއްދިނުމުގެ ބިލަށް ހުށަހެޅުއްވި އިސްލާހު އަނބުރާ ގެންދަވައިފިއެވެ. ސުޕްރީމް ކޯޓުން މީހެއްގެ މައްޗަށް މަރުގެ ހުކުމް އިއްވައިފިނަމަ އެ ހުކުމް ދަންފީޒް ކުރަންޖެހޭ ގޮތަށް ހުށަހެޅި މިއިސްލާހަށް މެމްބަރުންގެ މެދުގައި ވަނީ ހިޔާލުތަފާތުވުން އުފެދިފައެވެ.

މިއިސްލާހު ގެންދަވާފައި ވަނީ ތިން ދުވަސް މަތިން ބަހުސްކޮށް، ބިލާބެހޭގޮތުން ފަހު ބަސް ދެންނެވުމަށް ދިން ފުރުސަތުގައެވެ. ނަމަވެސް ބިލް ގެންދެވުމުގެ ކުރިންވެސް މަރުގެ ހުކުމް ތަންފީޒް ކުރަން ޖެހޭކަމަށް އެނާވަނީ ވިދާޅުވެފައެވެ. އަދި ވިދާޅުވީ ޖިނާއީ އިޖުރާއާތުގެ ގާނޫނާއި ހެއްކާބެހޭ ގާނޫނާއި ކްރިމިނަލް ޖަސްޓިސް ސިސްޓަމާބެހޭ އިސްލާހުތައް މަޖިލީހުން ފާސްވިހާ އަވަހަކަށް މި ބިލް އަނބުރާ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށެވެ.

މާލެ އާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މާރާމާރީފަދަ އަމަލުތައް އިތުރުވެފައިވާ މިދަޑިވަޅުގައި ރައްޔިތުންގެ މަޖިލީހުން މިކަން ހައްލުކުރަން، އެމަޖިލީހަށް އެޅުއްވެން އޮތް ފިޔަވަޅު އަނބުރާ ގެންދެވުމުން ގިނަބަޔެއްގެ ފާޑުކިޔުން މަޖިލީހަށް ވަނީ އަމާޒުވެފައެވެ. މާލޭގައި މިދިޔަ ބުރާސްފަތި ދުވަހުވެސް ވަނީ އުމުރުން 21 އަހަރުގެ ޒުވާނެއް މަރާލާފައެވެ.  މިފަދަ ޖަރީމާތައް ހުއްޓުވޭނީ ކަމާބެހޭ ހުރިހާ މުއައްސަސާ ތަކެއްވެސް އިހްލާސްތެރިކަމާއެކު މަސައްކަތް ކޮށްގެންކަމުގައި ގިނަބަޔަކު ދެކެއެވެ.

ޓެގް

ޑިމޮކްރަސީ ދިވެހިން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.