ރާއްޖޭގެ ޚަބަރު މުޞީބާތުގެ ވަގުތުގައި ކެތްތެރިވެވޭނީ އަޤީދާ ވަރުގަދަ ކޮށްގެން: ޝެއިހް ޙަސަން މޫސާ ފިކުރީ

މުޞީބާތުގެ ވަގުތުގައި ކެތްތެރިވެވޭނީ އަޤީދާ ވަރުގަދަ ކޮށްގެން: ޝެއިހް ޙަސަން މޫސާ ފިކުރީ

މުޞީބާތުގެ ވަގުތުގައި ކެތްތެރިވެވޭނީ އަޤީދާ ވަރުގަދަ ކޮށްގެން: ޝެއިހް ޙަސަން މޫސާ ފިކުރީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މުޞީބާތުގެ ވަގުތުގައި ކެތްތެރިވެވޭނީ އަޤީދާ ވަރުގަދަކޮށްގެން ކަމަށް ޝެއިހް ޙަސަން މޫސާ ފިކުރީ ވިދާޅުވެއްޖެއެވެ.

ޝެއިހް މިހެން ވިދާޅުވެފައިވަނީ މިދުވަސްވަރު ފެތުރެމުން މިދާ ކޮވިޑް19 އާއި ގުޅިގެން ޢާންމުން ހޭލުންތެރި ކުރުވުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއިން ތައްޔާރު ކޮށްފައިވާ ވީޑިއޯ އެއްގައި ވާހަކަދައްކަވަމުންނެވެ. މިވީޑިއޯގައި ޝެއިހް ވިދާޅުވެފައި ވަނީ "ކޮރޯނާ ފަދަ ނުރައްކާތެރި ބަލިތަށް ފެތުރެމުންދާ މިފަދަ ދަނޑިވަޅެއްގައި އަޅުގަނޑުމެނަށް އޮތް އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ އިސްލާމީ އަޤީދާގެ މަތީގައި ސާބިތުވެ ދެމިތިބުން" ކަމުގައެވެ.

އަދި އިތުރަށް ޝެއިޚް ވިދާޅުވެފައި ވެއެވެ. "މިފަދަ މުޞީބާތް ތަކުގައި ކެތްތެރިވެވޭނީ އަޅުގަނޑުމެންގެ އީމާންކަން ވަރުގަދަ ކޮށްގެން، އަޅުގަނޑުމެންގެ ދީންމަތީގައި ސާބިތުވެތިބެގެން، އަޅުގަނޑުމެންގެ އަޤީދާ ހަރުދަނާ ކޮށްގެން" ކަމަށެވެ.

"ހަނދާން ކުރަންވި ކަމަކީ ޤަޟާ ގަދަރަށް އީމާންވުމަކީ ސަބަބު ތަކުގައި ހިފުން މަނާކުރާ ކަމެއްނޫންކަން، ރަސުލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޡް ކުރައްވާފައިވަނީ ބައްޔާއި އަދި އޭގެ ފަރުވާވެސް ލައްވާފައިވަނީ ﷲ ސުބްޙާނަހޫ ވަތަޢާލާއެ، ފަހެ ތިޔަބައިމީހުން ބޭސް ފަރުވާ ކުރާ ހުށިކަމެވެ." އިތުރަށް ޝެއިޚް ފިކުރީ ވިދާޅުވިއެވެ.

އަދި ނިންމާލަމުން ޝެއިހް ޙަސަން މޫސާ ފިކުރީ ވަނީ ކަމާބެހޭ ފަރާތްތަކާއި ސިއްޙީ މާހިރުން ދެއްވާ އިރުޝާދުތަކުގައި ހިފައިގެން އަޅުގަނޑުމެންގެ ނަފްސު ރައްކާތެރިކުރުމުގައި ދެމިތިބުމަށް ގޮވާލައްވާފައެވެ.

ޓެގް

ދިއިސްލާމް ދީން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.