ރާއްޖޭގެ ޚަބަރު ރޮހިންގްޔާ މުސްލިމުންނަށް އެހީވުމުގެ ހަރަކާތެއް ލައިޓް އަޕޮން ލައިޓުން ފަށައިފި

ރޮހިންގްޔާ މުސްލިމުންނަށް އެހީވުމުގެ ހަރަކާތެއް ލައިޓް އަޕޮން ލައިޓުން ފަށައިފި

ރޮހިންގްޔާ މުސްލިމުންނަށް އެހީވުމުގެ ހަރަކާތެއް ލައިޓް އަޕޮން ލައިޓުން ފަށައިފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

މެލޭޝިޔާގައި ދިރިއުޅެމުންދާ ރޮހިންގްޔާ މުސްލިމު ދަރިކޮޅުގެ ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން ލައިޓް އަޕޮން ލައިޓްއާއި އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިން ގުޅިގެން "ޜޮހިންގްޔާ އެއިޑް"ގެ ނަމުގައި ހަރަކާތެއް ފަށައިފިއެވެ.

މި ހަރަކާތަކީ ކޮންމެ ރަމަޟާން މަހަކުވެސް ރޮހިންގްޔާ މުސްލިމު ރައްޔިތުންނަށް އެހީތެރިވުމަށް ހިންގަމުން އަންނަ ހަރަކާތެކެވެ. މިގޮތުން ކާބޯތަކެއްޗާއި އަންނައުނާއި ފޮތް ފަންސޫރު ފަދަ ތަކެތިންނާއި ފައިސާގެ ގޮތުންވެސް މިހަރަކާތުގައި ބައިވެރިވުމުގެ ގޮތުން އެހީތެރިވުމަށް ފޯރުކޮށްދެވިދާނެއެވެ.

ތަކެތީގެ ގޮތުން އެހީތެރިވުމަށް ބޭނުންފުޅުވާ ފަރާތްތަކުން ލައިޓް އަޕޮން ލައިޓްއާއި ގުޅުމުން އެކަން މަގުފަހިކޮށް ދެވޭނެއެވެ. ފައިސާގެ ގޮތުން އެހީތެރިވުމަށް ބޭނުންފުޅުވާ ބޭފުޅުން އެހީ ޖަމިއްޔާގެ ބީއެމްއެލް އެކައުންޓް 7770000026265  އަށް ފައިސާ ޖަމާކުރެއްވުމުން ރޮހިންގްޔާ މުސްލިމުންނަށް އެއެހީ ފޯރުކޮށްދެވޭނެއެވެ.

މި އެހީތެރިވުމުގެ ހަރަކާތުގައި ބައިވެރިވުމުގެ އެންމެ ފަހު ތާރިޚަކީ 2 ޖޫން 2019 ވާ އާދީއްތަ ދުވަހެވެ. އަދި 3 ޖޫން ވާ ހޯމަ ދުވަހު ލައިޓް އަޕޮން ލައިޓްގެ ފޭސްބުކް ޕޭޖް މެދުވެރިކޮށް މިހަރަކާތް ލައިވްކުރެވޭނެއެވެ.

ލައިޓް އަޕޮން ލައިޓްއަކީ މެލޭޝިޔާގައި ކިޔަވަމުންދާ ދިވެހި ދަރިވަރުންތަކެއް އިސްނަގައިގެން ހިންގަމުން އަންނަ ދީނީ އަދި އިޖްތިމާޢީ ހަރަކާތެކެވެ. މިގޮތުން ރޮހިންގްޔާ މުސްލިމު ދަރިކޮޅުގެ ރައްޔިތުންނަށް އެހީތެރިވުމަށް ހިންގާ އެއިޑް ކެމްޕެއިނަކީ 2015 ވަނަ އަހަރުން ފެށިގެން މެދިކެނޑުމެއްނެތި ކޮންމެ ރަމަޟާން މަހަކުވެސް ހިންގަމުން އަންނަ ހަރަކާތެކެވެ. މީގެ އިތުރުން މެލޭޝިޔާގައި ދިރިއުޅޭ ދިވެހިންނަށް ޚާއްސަކޮށް ދީނީ ދަރުސްތައް އިންތިޒާމްކުރުމާއި އަދި ފޭސްބުކް ޕޭޖް މެދުވެރިކޮށް

ދީނީ ނަސޭޙަތް ދިނުން ލައިޓް އަޕޮން ލައިޓުން މެދުކެނޑުމެއްނެތި ކުރިއަށް ގެންދެއެވެ.

ލައިޓް އަޕޮން ލައިޓާއި ގުޅުއްވުމަށް

ވައިބާ: 960771440+

ވަޓްސްއެޕް: 60122198950+

ފައިސާ ޖަމާކުރެއްވުމަށް:

ބީއެމްއެލް އިސްލާމިކް

އެކައުންޓް ނަން: އެހީ ޖަމިއްޔާ

ރުފިޔާ އެކައުންޓް ނަމްބަރު: 7770000026265

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.