ރާއްޖޭގެ ޚަބަރު ޒުވާން ލަވަކިޔުންތެރިޔާ ހުސެއިން ރިޒާ ލަވަކިޔުން ހުއްޓާލައިފި

ޒުވާން ލަވަކިޔުންތެރިޔާ ހުސެއިން ރިޒާ ލަވަކިޔުން ހުއްޓާލައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: އަލީ

މިއުޒިކީ ދުނިޔޭގައި ހާއްސަކޮށް ޒުވާނުންގެ މެދުގައި މަޝްހޫރު ލަވަތަކެއް ކިޔާފައިވާ ވައިކަރަދޫ ހުސެއިން ރިޒާ (އެމްޕު) ލަވަކިޔުމާއި މިއުޒިކާއި ދުރަށް ގޮސްފައިވަކަމަށް ހަބަރު ލިބިއްޖެއެވެ.

ވައިކަރަދޫގެ ވެބްސައިޓް ވައިކަރަދޫލައިވްއިން ހާމަކުރާގޮތުގައި "އޭނާ ލަވަކިޔުމާއި މިއުޒިކް ކުޅުމާއި ދުރަށް ދިޔައީ ވަރަށް ގިނަ މައްސަލަތައް ކުރިމަތިވާތީ ކަމަށާއި ހާއްސަކޮށް ގާތް ރައްޓެހިން އެކަމުގެ ސަބަބުން ގެއްލިފައިވާތީކަމަށެވެ. އަދި މިކަމަކީ ދީނީ ގޮތުންވެސް ކުރަން ނުވާކަމެއްކަމަށް އެނގުމާއި އެކު މިކަން ކުރިއަށް ގެންދަން ބޭނުންނުވާތީ ވަގުތުން ހުއްޓާލީކަމަށެވެ. 'އަގެއް ނެތޭ' މިލަވައިން ގިނަ ބަޔަކަށް އެނގިފައިވާ ރިޒާ މިއުޒިކް ކުޅޭ އަދި މިއުޒިކަށް ލޯބިކުރާ މީހުންނަށް ދިން މެސެޖަކީ 'މިއުޒިކްގެ ސަބަބުން ތިމާއަށް ވަރަށް ގިނަ ބަދަލުތައް އަންނާނެކަމަށާއި ކުރަން ބޭނުން ނޫން ކިތައްމެ ކަމެއް ނޭނގި ނަމަވެސް ވާނެކަމަށެވެ. އަދި މިކަމުގައި އުޅޭއިރު ހިތްހަމަޖެހުން ލިބޭކަމަށް ހީވިޔަސް އެއީ ހަގީގީ ހިތްހަމަޖެހުން ނޫން"ކަމަށެވެ.

ހުސެއިން ރިޒާ ލަވަކިޔުން ހުއްޓާލީ މީގެ 1 ހަފްތާ ކުރިންނެވެ. ހުސެއިން ރިޒާ ހާމަކުރާގޮތުގައި މީގެ ފަހުން ދެން ލަވަކިޔުމާއި މިއުޒިކާއި ގާތް ނުވާނެކަމަށެވެ.

ކުރީގެ ފޮޓޯއެއް

ޓެގް

މިއުޒިކް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.