ވިމްލާ ކޮންސްޓްރެކުޝަނާ ހަވާލުކޮށް، މާލީ ސަބަބުތަކާއިހެދި އިމާރާތްކުރުމުގެ މަސައްކަތް ހުއްޓިފައިވާ ފުރުޤާން މިސްކިތުގެ މަސައްކަތް ނިންމުމަށްޓަކައި މާރިސް ކޮންސްޓްރެކްޝަނާ ހަވާލުކޮށްފިއެވެ.
އެއް އަހަރާއި ފަސް މަސްތެރޭގައި ނިންމުމަށް މާރިސް ކޮންސްޓްރެކުޝަނާ މިމަސައްކަތް ހަވާލުކުރީ 19.5 މިލިޔަން ރުފިޔާއަށެވެ.
މިއަދު ނެޝަނަލް ޕްލޭނިންގް ޑިޕްރޓްމެންޓްގެ ޕުލޭނިންގ އެންޑް ޕޮރޮގުރާމުސް އޮފިހުގައި، މިއަދު ބޭއްވި، މިމަސައްކަތް ހާވާލުކުރުމުގެ އެއްބަސްވުމުގައި ސޮއި ކުރެއްވީ ފިނޭންސުގެ ސްޓޭޓް މިނިސްތަރ އަސްލަމް ޝާކިރާއި މާރިސް ކޮންސްޓްރަކްޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ސަޢީދެވެ.
އިސްލާމިކް މިނިސްޓްރީއިން މަސައްކަތް ނިންމުމުގެ މުއްދަތު ދެފަހަރެއްގެ މަތިން އިތުރުކޮށްގެންވެސް، 2008 ވަނަ އަހަރު ވިމުލާ ކޮންސްޓްރަކްޝަންއާއި ހާވާލު ކުރި މަސައްކަތް ނިންމު ލަސްވެގެން ސަރުކާރުންވަނީ މިދިޔަ އަހަރު ފަހުކޮޅު ވިމުލާ ކޮންސްޓްރަކްޝަންގެ އަތުން މިމަސައްކަތް ނަގާފައެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...