އިސްލާމިކް ފައުންޑޭޝަން އޮފް މޯލްޑިވުސްއިން އިންތިޒާމު ކޮށްގެން 'ވަދާޢީ ދަރުސް' މިމަޢުލޫއަށް މާދަމާރޭ އާޓީފިޝަލް ބީޗުގައި ބޭއްވުމަށް ހަމަޖެހިފައިވާ އައްޝައިޚް އިބުރާހިމް ފަރީދު އަޙްމަދުގެ ދަރުސް އިސްތިހާރު ކުރުމަށްޓަކައި ގެނެސްދެމުން ދިޔަ އިސްތިހާރު ލަދުވެތި ބަހެއް ހިމެނޭކަމަށް ބުނެ، ފާހިޝް މަންޒަރުތަކާއި، އަޑުތައް ފޮނުވަމުންގެންދާ އެމް.އެން.ބީ.ސީ ވަން އިޝްތިހާރު ދެއްކުން މެދުކަނޑާލައިފިއެވެ.
މިއިޝްތިހާރު މެދުކަނޑާލެވިފައިވަނީ އެ އިސްތިހާރު ތިން ފަހަރެއްގެ މަތިން ދެއްކުމަށްފަހުގައިކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. މިކަމާއި ބެހޭގޮތުން އެމް.އެން.ބީ.ސީ ވަނ ޗީފް އޮޕަރޭޓިން އޮފިސާ މުހައްމަދު އާސިފް (މޮންދު) ސަން.އެފް.އެމް އަށް ދެއްވި ބަސްތީގަތުމެއްގައި ވިދާޅުވީ އެ ދަރުސްގެ އިޝްތިހާރު ދެއްކުމަށް ހުއްދަ ނުދިނީ އެ ދަރުސްގެ އިޝްތިހާރުގައި ލަދުވެތި ހުތުރު ބަހެއް ބޭނުން ކޮށްފައި ވާތީ ކަމަށެވެ.
މިކަމާއި ބެހޭގޮތުން އިސްލާމިކް ފައުންޑޭޝަންގެ ރައީސް އިބުރާހިމް ފައުޒީ ވިދާޅުވީ ގައިގޯޅި މަންޒަރުތަކާއި ވަހުޝީ ކަންކަމަށް މަގުފަހިވާ ގޮތްގޮތަށް އެއްޗެހި ދައްކާއިރު އިސްލާމްދީނާ ޚިލާފު ވާހަކަތަކަށް ރައްދުދެއްވައި، ޝެއިޚަކު ދައްކަވާ ވާހަކަ ހުތުރު ކަމަށް ބުނުމަކީ ދެކޮޅުނުޖެހޭ ކަމެއް ކަމަށެވެ.
މިހާރު އެއިސްތިހާރު އެޑިޓް ކުރުމަށްފަހު ދައްކަން ފަށާފައިވާ ކަމަށް އެމް.އެން.ބީ.ސީ ވަން ހާމަކުރައްވައެވެ.
އިސްލާމިކް ފައުންޑޭޝަނުން އިންތިޒާމުކުރާ މަޢުލޫގެ ސަބަބުން ގިނަ ބައެއްގެ ހިތުގައިވަނީ ސުވާލު އުފެދިފައެވެ. ގިނަ ބަޔަކު ބުނަމުންދަނީ 'ވަދާޢީ ދަރުސް' މިމަޢުލޫއަކީ ރަސޫލާ ޞައްލަﷲ އަލައިހި ވަސައްލަމަގެ ޙައްޖަތުލް ވަދާޢާއި ބެހޭގޮތުން އަލިއަޅުވާލެވޭނެ ދަރުސެއް ކަމަށެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...