ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ސިލްސިލާ ގޮތެއްގައި މާލޭގައި ކުރިއަށް ގެންދާ ޕްރޮގްރާމްތަކުންގެ ދަށުން، ކޮންމެ ހުކުރު ދުވަހެއްގެ އަސްރު ނަމާދަށްފަހު، އިބްރާހީމީ މިސްކިތުގައި ބާއްވަމުން ގެންދާ ތަފްޞީރު ކްލާސް، މާޗް 11 ވާ ހުކުރު ދުވަހު (މާދަމާ) إن شاء الله އޮންނާނެއެވެ. މިކްލާހުގައި ކިޔަވައި ދެއްވަނީ ދި މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީގެ ލެކްޗަރަރ އެއްކަމުގައިވާ ޝައިޚް ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް އެވެ. މިއީ ޢާއްމުކޮށް ހުޅުވާލެވިގެން ކުރިއަށްގެންދާ ކްލާހެކެވެ. މިކްލާހަކީ ކީރިތި ޤުރުއާނުގެ އާޔަތްތަކުގެ މާނަ ތަފްޞީރުކުރެވި، ޢިލްމީ ގޮތުން ވަރަށް މުހިންމު މަޢުލޫމާތުތަކެއް ލިއްބައިދޭ ކްލާހަކަށްވާތީ، މިކްލާހުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަކީ ވަރަށް ބޭނުންތެރި ކަމެކެވެ.
_____________________________________________________________________________________
ޤުރުއާން ތަފްޞީރު ކްލާސް
ކިޔަވައި ދެއްވަނީ : ޝައިޚް ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް
ތަން : އިބްރާހީމީ މިސްކިތް
ގަޑި : ކޮންމެ ހުކުރު ދުވަހެއްގެ އަސްރު ނަމާދަށްފަހު، إن شاء الله
ނޯޓް : ކިޔަވައި ދެއްވާ ލެކްޗަރަރ ބައެއް ހަފްތާ ބަންދުތަކުގައި، ރަށުން ބޭރުގައި ދަޢުވަތުގެ އެހެން ހަރަކާތްތަކުގައި މަޝްޢޫލުވެއުޅުއްވުމުގެ ސަބަބުން މިކްލާސް އެފަދަ ދުވަސްތަކުގައި ކުރިއަށް ނުގެންދެވުމަކީ އެކަށީގެންވާ ކަމެކެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...