ރާއްޖޭގެ ޚަބަރު “6 ރުކުން” ގައި މިއަދު ދަރުސް ދެއްވާނީ ޝައިޚް އަބްދުއްސަލާމް

“6 ރުކުން” ގައި މިއަދު ދަރުސް ދެއްވާނީ ޝައިޚް އަބްދުއްސަލާމް

“6 ރުކުން” ގައި މިއަދު ދަރުސް ދެއްވާނީ ޝައިޚް އަބްދުއްސަލާމް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޝައްވާލުމަހުގެ ހަދުވަހު ޖަމިއްޔަތުއް ސަލަފްއިން ކުރިއަށް ގެންދާ ދަރުސް ސިލްސިލާގައި މިއަދު ދަރުސް ދެއްވާނީ އެޖަމިއްޔާގެ ޢިލްމުވެރިންގެ މަޖްލިސްގެ މެމްބަރ އައްޝައިޚް އަބްދުއްސަލާމް ދާއޫދު ކަމުގައި ސަލަފުން ހާމަކޮށްފިއެވެ.

މިކަމާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ދަރުސް އިންތިޒާމްކުރުމުގައި އުޅުއްވާ އައްޝައިޚް މުޖުތަބާ ހަމީދު ވިދާޅުވީ މިއަދުގެ ދަރުސްގައި ޝައިޚް އަބްދުއްސަލާމް ވާހަކަފުޅު ދައްކަވާނީ ފޮތްތަކަށް އީމާންވުމާއި ގުޅޭގޮތުން ކަމަށާއި މިދަރުސް އަޑުއެއްސެވުމަށް ވީހާވެސް ގިނަ ފަރާތްތަކުން ޙާޟިރުވުމަކީ އެޖަމިއްޔާގެ ވަރަށް ބޮޑު އެދުމެކެވެ.

ހަ ރުކުންގައި އިއްޔެ ދަރުސްދެއްވީ އައްޝައިޚް ހަސަން މޫސާ ފިކުރީއެވެ. ޝައިޚްގެ ދަރުސްގައި ވާހަކަފުޅު ދެއްކެވީ މަލާއިކަތުންނަށް އީމާންވުމާއި ގުޅޭ ގޮތުންނެވެ.

އަޞްރު ނަމާދަށްފަހު ފުރުޤާން މިސްކިތުގައި ކުރިއަށްދާ މިދަރުސް ޖަމިއްޔަތުއް ސަލަފްގެ ފޭސްބުކް ޕޭޖުން ލައިވް ކުރާގޮތަށްވަނީ ހަމަޖެހިފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.