ރާއްޖޭގެ ޚަބަރު ޑޮކްޓަރުކަން ކިޔެވުމަށް 65 ދަރިވަރުން ކުރިމަތިލައިފި

ޑޮކްޓަރުކަން ކިޔެވުމަށް 65 ދަރިވަރުން ކުރިމަތިލައިފި

ޑޮކްޓަރުކަން ކިޔެވުމަށް 65 ދަރިވަރުން ކުރިމަތިލައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ރާއްޖޭގައި ފުރަތަމަ ފަހަރަށް ޑޮކްޓަރުކަން ކިޔަވަން ހުޅުވާލި ފުރުޞަތުގައި 65 ދަރިވަރުން ކުރިމަތިލާފައިވާ ކަމަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއިން ހާމަކޮށްފިއެވެ.

އެމްއެންޔޫގެ ޑެޕިއުޓީ ވައިސް ޗާންސެލަރ އާއިޝަތު ޝާހީން ވިދާޅުވީ ޑޮކްޓަރުކަން ކިޔަވަން ހުޅުވާލި ފުރުސަތު މިދިޔަ ބުރަސްފަތި ދުވަހަށް ހަމަވިއިރު، 65 ދަރިވަރުން ކުރިމަތިލާފައިވާ ކަމަށާއި މުއްދަތު ހަމަވިޔަސް އަދިވެސް ކޯހަށް ފޯމް ހުށަހެޅުމުގެ ފުރުޞަތު އެބައޮތް ކަމަށެވެ.

50 ޖާގައަށް ހުޅުވާލި މިކޯހަށް ހުށަހެޅި ފޯމްތައް ބެލުމަށްފަހު ޝަރުތު ހަމަވާ ދަރިވަރުންނަށް ޖާގަ ދެމުން އަންނަކަމަށް އެމްއެންޔޫއިން ބުނެއެވެ. ކޯހުން ޖާގަ ދިނުމުގައި އިސްކަންދޭނީ، ކޯހަށް އެންމެ ފުރަތަމަ ކުރިމަތިލީ ދަރިވަރުންގެ ތެރެއިން ޝަރުތު ހަމަވާ ދަރިވަރުންނަށް ކަމަށް އެމްއެންޔޫއިން ބުނެއެވެ.

މި ކޯހަށް އަމާޒުކޮށް ޑިޕާޓްމަންޓް އޮފް ހަޔަ އެޑިއުކޭޝަނުން ލޯނުގެ ފުރުސަތު ހުޅުވާލާފައިވާއިރު ފަސް އަހަރު ދުވަހުގެ މިކޯހުގެ ފީއަކީ މަހަކު ގާތްގަނޑަކަށް 1000 ޑޮލަރެވެ.

ހުޅުމާލޭގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ މެޑިކަލް ކޮލެޖް ނިމެންދެން ޑޮކްޓަރުކަން ކިޔަވައިދޭ ކޯހުގެ ކްލާސްތައް ކުރިއަށްދާނީ ދަރުމަވަންތަ ހޮސްޕިޓަލުގައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.