ރާއްޖޭގެ ޚަބަރު "އިމާމު ސެޓިފިކެޓް ކޯސް ލެވެލް 2" ކޯސް ދެކުނު ޕްރޮވިންސް ގައި ފަށައިފި

"އިމާމު ސެޓިފިކެޓް ކޯސް ލެވެލް 2" ކޯސް ދެކުނު ޕްރޮވިންސް ގައި ފަށައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އިސްލާމިކް މިނިސްޓްރީ އާއި، ކީރިތި ޤުރްއާނާބެހޭ މަރުކަޒާއި، ދެކުނު ޕްރޮވިންސް އޮފީސް ގުޅިގެން "އިމާމް ސެޓިފިކެޓް ކޯސް ލެވެލް 2" ގެ ނަމުގައި އެޕްރޮވިންސްގެ ފުވައްމުލަކުގައި ކޯހެއް ފަށައިފިއެވެ. އިސްލާމިކް މިނިސްޓްރީ އިން ހާމަކުރައްވާ ގޮތުގައި، މިކޯހަކީ ދެކުނު ޕްރޮވިންސްގެ ރަށްތަކުގެ އިމާމުންނަށް އަމާޒްކޮށްގެން މިދިޔަ އަހަރު ހިންގުނު "އިމާމު ސެޓްފިކެޓް ކޯސް ލެވެލް 1 " ގައިބައިވެރިވި އިމާމުންނަށް ދެމަސްދުވަހުގެ މުއްދަތަށް ހިންގޭ ކޯހެކެވެ.

ދިއިސްލާމަށް ޚަބަރު ލިބިފައިވާ ގޮތުގައި، މިކޯސް މިދިޔަ ހޮނިހިރު ދުވަހުގެރޭގައި ފައްޓަވައިދެއްވީ އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އައްޝައިޚް ޙުސައިން ރަޝީދު އަޙްމަދު އެވެ.

ޓެގް

އިމާމް ކޯސް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.